ވޯޓާސް ލިސްޓުގައި އިދިކޮޅު ކޯލިޝަން ސޮއިކޮށްފި

ވޯޓާސް ލިސްޓުގައި އިދިކޮޅު ކޯލިޝަން ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

23 ސެޕްޓެމްބަރ ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ ލިސްޓުގައި ސޮއިކުރެއްވިކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، އީސީ އިން ދެއްކި ލިސްޓުގެ ކޮންމެ ސަފުހާއެއްގައި އިދިކޮޅު ކޮލިޝަނުން ސޮއިކުރެއްވި ކަމަށެވެ. އަދި ކެނޑިޑޭޓުން ސޮއިކުރެއްވި ލިސްޓު ކޮންމެ ކެނޑިޑޭޓަކަށް ލިބެން ޖެހޭއިރު އެލިސްޓު އަދި ނުލިބޭ ކަމަށް މާރިޔަ ވިދާޅުވިއެވެ.

އިންތިހާބަށް ހަފުތާއެހާ ދުވަސް ވެފައި އޮތުމާއޮއެކު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވާއި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ވޯޓުކަރުދާސްތައް ޗާފުކޮށްފައިވާކަން ނުވަތަ ނޫންކަމެއް ނޭނގޭ ކަމަށެވެ.

އީސީ އިން ވެރިފިކޭޝަން ޕްރޮސީޖަރެއް ކުރިއަށް ގެންދާކަމުގައި ވާނަމަ ރައްޔިތުން ވޯޓުލުމުގެ ކުރިން އެކަން މިހާރު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"ގާނޫނާއި ގާނޫނު އަސާސީގައި އޮންނަގޮތުން ވޯޓުކަރުދާސްކޮޅު ލުމަށްފަހު ހަމައެކަނި ކުރެއްވޭނެ ކަމަކީ ގުނުން،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާރިޔާވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް