މާޅޮހުގައި ދަމާފައިވާ "ވަގަކަށްހާސްދުވަސް، ރައްޔިތުންނަށް އެއްދުވަސް" ބެނާ ފުލުހުން ނަގައިފި

މާޅޮހުގައި ދަމާފައިވާ "ވަގަކަށްހާސްދުވަސް، ރައްޔިތުންނަށް އެއްދުވަސް" ބެނާ ފުލުހުން ނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ބ. މާޅޮހުގައި އިދިކޮޅު ފަރާތްތަކުން ދަމާފައިވާ " ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ބެނާ މިއަދު ފުލުހުން ނަގައިފިއެވެ.

އިދިކޮޅު ކޯލިޝަނައް ބޮޑު ތާއީދެއްއޮންނަ، މާޅޮހުގައި އިދިކޮޅު ފަރާތުގެ ކެންފޭނުގައި ހަރަކާތްތެރިވަމުންދާ މީހަކު މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުން ފުލުހުން ބެނާ ނަގާފައި ވަނީ އެއްވެސް ސަބަބެއް ނުބުނެއެވެ.

އެރަށުގައި ދަމާފައިވާ އެ ބެނާ ފުލުހުން އަމިއްލައަށް ނެގިއިރު، އެ ބެނާ ނެގުމަށް ކައުންސިލްއަށް މީގެ ދެދުވަސް ކުރިން އެދިފައިވާކަމަށް އެމީހާ ބުންޏެވެ.

"ބެނާ ނެގި ވަކިސަބަބެއް ނާންގާ. އަޅުގަނޑުމެން މިބަލަނީ ވަގެކޭ ޖަހާފައި އޮތީމަ ކެތްނުކުރެވުނީ ކަމަށް. އެބަހަކީ ހަރުބަހަކުން ނަކަލުކޮށްފައިވާ ބަހެއް. މިރަށުގައި އެބަހުރި އެހެންބެނާތައްވެސް އެނުނަގާ. މިބެނާ ނަގަންޖެހޭ ސަބަބެއް އޮންނާނެތާ ދެއްތޯ،" މާޅޮހުންވާހަކަދެއްކި މީހަކުބުނެފައިވެއެވެ.

މާޅޮސް ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ އެމްޑީޕީން ދަމާފައިވާ ބެނާގައި ޖަހާފައިވާ "ވަގު" ވަކި މީހަކަށް ނިސްބަތް ވުމުގެ ސަބަބުން ބެނާ ނެގުމަށްކައުންސިލުން އެންގި ކަމަށެވެ.
"އަޅުގަނޑުމެން ވާނެ އަންގާފައި ފުލުހުންގެ އެންގުމާ އެއްގޮތަށް ބެނާ ނަގަން އެމްޑީޕީއަށް،" ސުޖާއު ވިދާޅުވިއެވެ.
މިހަބަރާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް