ދިރާގު ފެމިލީ ޑޭ މިއަހަރު ވިންޓާ ޕާކު ގައި

ދިރާގު ފެމިލީ ޑޭ މިއަހަރު ވިންޓާ ޕާކު ގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ކޮންމެ އަހަރަކު ދިރާގުން އިންތިޒާމު ކޮށްގެން ބާއްވާ "ފެމިލީ ޑޭ" މިއަހަރު ބޭއްވީ ރަސްރަނި ބަގީޗާގެ ވިންޓާ ޕާކުގައެވެ.

މިދުވަހަކީ ދިރާގުގެ މުވައްޒަފުން ކޮންމެ އަހަރަކު އާއިލާއާއި އެކު ވަގުތު ހޭދަ ކޮށްލަން ބާއްވާ ދުވަހެކެވެ. އަދި މިދުވަސް ކޮންމެ އަހަރަކު ވެސް ބާއްވަނީ ތަފާތު ތަނެއްގައެވެ.

މުވައްޒަފުންގެ ދުޅަހެޔޮކަމާއި ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަަމަ ޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ދިރާގު ފެމިލީ ޑޭ އަކީ ދިރާގުން ހިންގާ މިފަދަ ހަރަކާތްތަކުގެ ތެރެއިން ހިމެނިގެންވާ އެއް ކަމެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާގުގެ 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަަތު މީހުން ބިނާ ކުރުމުގައި މުވައްޒަފުންނަށް ފޯރު ކޮށްދޭ އެކި މަންފާތަކާއި އިނާޔަތް ތަކުގެ ސަބަބުން ދިރާގަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތް ކުރުމުގެ މާހައުލު އެންމެ ފުރިހަމަ އެއް ކުންފުންޏެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ