ހުއްދަ ނުހޯދާ ބައެއް އިލުމުވެރިންގެ ފޮޓޯ ޕީޕީއެމް ކެމްޕެއިންގައި ބޭނުންކުރުމުން ކަންބޮޑުވުންފާޅުކޮށްފި

ހުއްދަ ނުހޯދާ ބައެއް އިލުމުވެރިންގެ ފޮޓޯ ޕީޕީއެމް ކެމްޕެއިންގައި ބޭނުންކުރުމުން ކަންބޮޑުވުންފާޅުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެމްޕެއިންގައި ހުއްދަ ނުހޯދާ ބައެއް އިލުމުވެރިންގެ ފޮޓޯ ބޭނުންކުރުމުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ރައީސް ޔާމީނަށް ތާއީދު ކުރާ 66 އިލުމުވެރިން ކަމަށް ބުނެ އެބޭފުޅުންގެ ފޮޓޯއާއެކު ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންނާއި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ.

ނިހާން ފޭސްބުކްގައި ވިދާޅުވެފައިވަނީ66 އިލުމުވެރިން ރައީސް ޔާމީނާއި ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ބައިއަތު ހިއްޕަވާފައިވާ ކަމަށާއި 98 އިންސައްތަ އިލުމުވެރިންގެ ތާއީދު އޮތީ ރައީސް ޔާމީނަށް ކަމަށެވެ.

މިކަމާގުޅިގެން ލިސްޓުގައި ފޮޓޯ ހިމަނާފައިވާ ހުސައިން މައުރޫފު ވަނީ އެއީ ފޭކު ލިސްޓެއް ކަމަށްވިދާޅުވެފައެވެ. އަދި ޝެއިހް އަހުމަދު ނަޒީހު ވިދާޅުވީ އެ ލިސްޓުގައި ނަން ހިމެނީ އެނގުމެއް ނެތި ކަމަށެވެ. މީގެއިތުރުން ޝެއިހް ނިމާލު މުހައްމަދު ވިދާޅުވެފައިވަނީ ވަކި ފަރާތަކަށް ތާއީދު ކުރާކަމަށް, އަދި ނުކުރާކަމަށްވެސް ބުނެފައި ނޯންނާނެކަމަށެވެ. ލިސްޓުގައި ފޮޓޯ ހިމަނާފައިވާ ޝެއިހް މުހައްމަދު ޝަމްއޫނު ވެސް ވިދާޅުވެފައިވަނީ ތިޔަބޭފުޅުން ކުޅޭ ކުޅިގަނޑުން ދުރުގައި ބެހެއްޓުމަށް އެދިވަޑައިގެންފައެވެ. އަދި މީދޫ ކޯޓުގެ ގާޒީ ޝެއިހް މުހައްމަދު ތޮއްޔިބް ބުނެފައިވަނީ އެބޭފުޅާގެ ފޮޓޯވެސް އާއްމުކޮށްފައިވަނީ އެނގިގެން ނޫން ކަމަށެވެ.

މިލިސްޓުގައި ފޮޓޯ ހިމަނާފައިވާ ބައެއް ޝެއިހުން ބުނެފައިވަނީ ރައީސް ޔާމީނަށް ތާއީދު ކުރުމާއި ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށާޢި ނަމަވެސް ފޮޓޯ ޖަހައިގެން ލިސްޓެއް ނެރެފައިވަނީ އެނގިގެން ނޫން ކަމަށެވެ. އަދި އެކަމަށް ހުއްދަ ވެސް ދީފައި ނުވާނެ ކަމަށެވެ.

މިކަމާގުޅިގެން ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު