އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުސްބުޅީގަ މުށިމަސް ބާނާ އުޞޫލުން ދިވެހިރައްޔިތުން ބާނައެއް ނުލެވޭނެ: ޝާހިދު

ހުސްބުޅީގަ މުށިމަސް ބާނާ އުޞޫލުން ދިވެހިރައްޔިތުން ބާނައެއް ނުލެވޭނެ: ޝާހިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ފެން އުކުމަށްފަހު ހުސްބުޅީގައި މުށިމަސް ބާނާ އުޞޫލުން ދިވެހިރައްޔިތުން ބާނަން އުޅުނު ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ އަސްލު އަގަށްވުރެ އިންތިހާއަށް ބޮޑު އަގުގައި ހިންގާ މަޝްރޫއުތަކާއި އައިޑީކާޑު ގަންނަން ހޭދަކުރާ ފައިސާއަކީ ރައްޔިތުން ބާނަން އުކާ ފެން ކަމަށެވެ. ފެން އުކުމަށްފަހު ރާވަނީ ހުސްބުޅީގައި ރައްޔިތުން ބާނައިލަން ކަމަށެވެ.

ޝާހިދު ވިދާޅުވީ މަދު އަދަދެއްގެ ފައިސާ ކޮޅަކަށް ވޯޓު ވިއްކައިލާއިރު މިކަންކަމަށް ވިސްނައިލަން ޖެހޭނެ ކަމަށެވެ. ފައިސާ ކޮޅަކަށް އައިޑީ ކާޑު ދިނުމަކީ ވޯޓު ވިއްކައިލުން ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މިނިވަންކަމާއި ހުރިހާ ހައްޤުތަކާއި އަދި ރައްޔިތުންގެ މާލިއްޔަތު ހުސްބުޅީގައި ބާނައިލުމުގެ ފުރުޞަތު ރައްޔިތުން ނުދޭނެ ކަމަށެވެ. އެކަމަށް ރައްޔިތުން ތިބީ ހޭލުންތެރިވެގެން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް