އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެއިން އަންގާ ގޮތަށް ކަތީބު ކުރާ ވެރިކަން ދެން ރައްޔިތުން ބަލައެއް ނުގަންނާނެ: ޢަބްދުﷲ ޝާހިދު

މާލެއިން އަންގާ ގޮތަށް ކަތީބު ކުރާ ވެރިކަން ދެން ރައްޔިތުން ބަލައެއް ނުގަންނާނެ: ޢަބްދުﷲ ޝާހިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

މާލެއިން އަންގާ ގޮތަށް ކަތީބު ކުރާ ވެރިކަން ދެން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފ. ބިލެއްދޫގައި ގުޅިފައިވާ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ އެމްއެންޔޫގައި އަމިއްލަފުޅު ނަފުސާއި ރައީސް ޔާމީން ކުރީ ރޭ ކުރެއްވި ބަހުސްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން އެނގެނީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުރީ ޒަމާނުގައި ރަށްތަކުގައި ވެރިކަން ކުރި ފަދައިން މާލެއިން އަންގާ ގޮތަކަށް ކަތީބަކު ހުރެގެން ކުރާ ވެރިކަމެއް ރާއްޖޭގައި ކުރަން ކަމަށެވެ.

ޝާހިދު ވިދާޅުވީ ލާމަރުކަޒީ ޤާނޫނާއިއެކު އެ ނިޒާމު ވަނީ އުވިގެން ގޮސްފައި ކަމަށާއި އަލުން އަނބުރައި އެ ނިޒާމު ދިވެހިން ދެން ބަލައި ނުގަންނާނެ ކަމަށެވެ. "ރައީސް ޔާމީނަށް އިތުރު ދައުރެއް ދީފިނަމަ މުޅި ލާމަރުކަޒީ ނިޒާމު އުވާލައްވާނެ. އެއީ ރައްޔިތުން ޤަބޫލުކުރާނެ ގޮތެއް ނޫން."

ޝާހިދު ރޭ ވެސް ވިދާޅުވީ ވަދުގައި ޖެހުނު ހިބަރު މުޅިން ލޮޑުވެއްޖެކަމަށާއި ހިބަރު ބާނައި ތުން ބިންދާލައި ވަތައް ވައްޓާލާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް