ކިތަންމެ ވަރަކަށް ގޮވާލި ނަމަވެސް ޤްރްއާނާ ޙަދީޘުން ބޭރެއް ނުވާނަން - ޤްރްއާނާ ޙަދީޘްއަށް ރުޖޫޢަވާން އަޅުގަނޑު ގޮވާލަން: ޝައިޚް އިލްޔާސް

ކިތަންމެ ވަރަކަށް ގޮވާލި ނަމަވެސް ޤްރްއާނާ ޙަދީޘުން ބޭރެއް ނުވާނަން - ޤްރްއާނާ ޙަދީޘްއަށް ރުޖޫޢަވާން އަޅުގަނޑު ގޮވާލަން: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ކިތަންމެ ވަރަކަށް ކިތަންމެ ބާރަށް ގޮވައިލި ނަމަވެސް ކީރިތި ޤްރްއާނާއި ޙަދީޘުން ބޭރުވެ ވަޑައި ނުގަންނަވާނެ ކަމަށާއި ކީރިތި ޤްރްއާނާއި ޙަދީޘްއަށް އެނބުރި ރުޖޫޢަވުމަށް ގޮވާލައްވައި ދައުވަތު ދެއްވާ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ޝައިޚް އިލްޔާސް ވިދާޅުވީ އަނިޔާވެރި، ޚިޔާނާތްތެރި ވެރިއަކަށް ތާއީދުކޮށް އެމީހާ ހިމާޔަތްކޮށް އެމީހާގެ ދިފާޢުގައި މަސައްކަތްކުރާ މީހާއަކީ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫން ކަމަށެވެ. މިކަންކަމަކީ ކީރިތި ޤްރްއާނުގެ އާޔަތްތަކުންނާއި ޙަދީޘްފުޅުތަކުން އެނގި ސާބިތުވާން ހުރި ކަންކަން ކަމަށެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ވެރިމީހާ ކުރާ ކުށްތަކަށް ދެކޮޅު ނުހަދައިފިނަމަ އެމީހާއަކީ އެ ކުށްތައް ކުރުމުގެ ބައިވެރިއެއް ކަމަށެވެ. އެހެންކަމުން ޕޯޑިއަމްތަކުގަ އާއި އެހެންވެސް ތަނެއްގައި މީސްތަކުންގެ މައްޗަށް އަނިޔާވެރި، ޚިޔާނާތްތެރި ވެރިއަކަށް ތާއީދުކުރާ މީހާއަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ މިއްލަތުގެ ތެރެއިންވާ މީހެއް ނޫން ކަމަށެވެ.

އިތުރު ތަފްޞީލް އަންނަނީ....

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް