ފުލުހުންގެ އެންގުމަށް މިހިރީ އެނބުރި އައިސް - އަންހެނުންނަށް ގުޅައި އުނދަގޫ ކުރާނެކަމެއް ނެތް، އަންގާލާ އިރަށް ދާނަން: ޝައިޚް އިލްޔާސް

ފުލުހުންގެ އެންގުމަށް މިހިރީ އެނބުރި އައިސް - އަންހެނުންނަށް ގުޅައި އުނދަގޫ ކުރާނެކަމެއް ނެތް، އަންގާލާ އިރަށް ދާނަން: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ފުލުހުންގެ އެންގުމަށް މިހުންނެވީ އެނބުރި ރާއްޖެ ވަޑައިގެން ކަމަށާއި އަނބިކަނބަލުންނަށް ގުޅައި އުނދަގޫ ކުރާނެކަމެއް ނެތް ކަމަށާއި ބޭނުންވެގެން އަންގައިލާ އިރަށް އެންގެވި ތަނަކަށް ވަޑައިގަންނަވާނެ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ފުރާ ވަޑައިގަތުމުން ފިއްލަވައިފި ކަމަށް ބުނެ ވާހަކަތައް ފެތުރުމުން ވަރަށް ހިތާމަ ކުރެއްވިން ކަމަށާއި އެނބުރި ވަޑައިގަންނަވަން ބޭނުންފުޅުވީ މިފަދަ ބޮޑު ޖަލްސާއަކަށް ކަމަށެވެ. "މިހުރީ އެނބުރި އައިސް. ހަމަ އަންގާލާއިރަށް އެންގި ތަނަކަށް ޙާޟިރުވާނަން. އަޅުގަނޑު އެއްވެސް ކަމަކަށް ބިރެއް ނުގަނޭ. އަޅުގަނޑު ކުރި ޖިނާޢީ ކުށެއް ނޯންނާނެ."

ޝައިޚް އިލްޔާސް ވިދާޅުވީ ހައްޤު ބަސްފުޅުތައް ވިދާޅުވަމުން ގެންދަވާނެ ކަމަށާއި ހައްޤުބަސް ވިދާޅުވެގެން ޝަހީދުކޮށްލި ނަމަވެސް އެއްވެސް ވަރަކަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ހައްޤު ބަސް ވިދާޅުވުމަކީ ކީރިތި ޤްރްއާނުން ލާޒިމު ކުރައްވަވާފައިވާ އެކަން ކުރެއްވެވުން އެއްވެސް ބައަކަށް، މީހަކަށް ނުހުއްޓުވޭނެ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް