ގާކޮށްޓާއި ކުރީގެ އަރަބިއްޔާ ކޮށިން ފްލެޓް އަތުލާފައިވާ މީހުންނަށްވެސް ފްލެޓް ދޭން ނިންމައިފި

ގާކޮށްޓާއި ކުރީގެ އަރަބިއްޔާ ކޮށިން ފްލެޓް އަތުލާފައިވާ މީހުންނަށްވެސް ފްލެޓް ދޭން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން، ގާކޮށި އަދި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓް ލިބޭނެ ކަމުގެ ލިއުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހަވާލުކޮށް އަދި ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާ ހެދި، ފުލެޓު އަތުލާފައިވާ ފަރާތްތަކަށް ހުޅުމާލެއިން ފުލެޓު ޙަވާލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ހައުސިންގ މިނިސްޓްރީން ބައެއްމީހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން، ގާކޮށި އަދި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ޢިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާ ހެދި، ފުލެޓު ޙަވާލުކުރެވިފައިނުވާ ފަރާތްތަކަށް ސަރުކާރުގެ "ހިޔާ މަޝްރޫޢު" ގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ 700 ފުލެޓުގެ ތެރެއިން، ފުލެޓެއް "ތިޔަފަރާތަށް" ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ސަރުކާރުން ވަނީ ގާކޮށި އަދި އަރަބިއްޔާގެ ފްލެޓްތައް ލިބުނު މީހުންނަށް ގަނޑުކޮށް ފައިސާ ދެއްކުމަށް އަންގާ އެފައިސާ ނުދެއްކުނު މީހުންގެ 102 ފްލެޓް އަތުލާފައެވެ. އަދި އެ 102 ފްލެޓެއް ވަނީ ވިއްކާލާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު