އިބޫއަކީ ހަޤީޤީ ލީޑަރެއްކަން ޔަޤީންކުރެވުނީ އިދިކޮޅު މެންބަރުން ލައްވާ ވެސް މަޖިލީހުގެ ވޯޓު ލައްވުވާތީ: އަހްމަދު މުޙައްމަދު

އިބޫއަކީ ހަޤީޤީ ލީޑަރެއްކަން ޔަޤީންކުރެވުނީ އިދިކޮޅު މެންބަރުން ލައްވާ ވެސް މަޖިލީހުގެ ވޯޓު ލައްވުވާތީ: އަހްމަދު މުޙައްމަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

"އިބޫއަކީ ހަޤީޤީ ލީޑަރެއްކަން ޔަޤީންކުރެވުނީ މަޖިލީހުގައި ނަގާ ވޯޓުތަކުގައި އިދިކޮޅު މެންބަރުން ލައްވާ ވެސް މަޖިލީހުގެ ވޯޓު ލައްވުވާތީއެވެ. އަޅުގަނޑަކީ ވަރަށް ދިގު މުއްދަތެއްގައި އިބޫ އާއި ޖެހިގެން ހުންނަ ގޮނޑީގައި އިން މީހެކެވެ.

އަޅުގަނޑު ވޯޓުލާނީ އިބޫ ބޭނުންނުވާ ގޮތަށްކަން ވެސް އިބޫއަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑަށް ހަނދާން ނެތިގެން ނަމަވެސް ކާޑު ނުޖަހައި އިނދެވިއްޖަނަމަ ކާޑު ޖަހަން ހަނދާންކޮށްދެއްވައެވެ.

ޤައުމުގެ ވެރިކަމަށް ގެންނަން ޖެހޭނީ މިފަދަ މާތް ސިފަތައް ހުންނަ ވެރިންނެވެ. ސިޔާސީ ފިކުރަށް ނުބަލައި އެންމެން ގޮވައިގެން ކުރިއަށް ދިއުމުގެ ޤާބިލުކަން ލިބިފައިވާ ލީޑަރެކެވެ. ކަންކަން ނިންމުމުގައި ވޯޓުގެ ނަތީޖާ އެއީ އެކަމަކަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ބަލައިގަންނަން ކެރޭނެ ލީޑަރުންނެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ތިމާ ބޭނުންވާ ގޮތަށް ނަތީޖާ ނެރެން ބޭނުން ނުވާ ލީޑަރެކެވެ."

މިއީ ޅ. އަތޮޅު ތަމްސީލު ކުރެއްވުމަށް މަޖިލީހުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަހްމަދު މުޙައްމަދު އިބޫ އާއިމެދު ވިދާޅުވެފައިވާ ބަސްފުކޮޅެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް