ޝައިޚް ޢަލީ ޒާހިރުގެ އިލްތިމާސް: ހޮވޭ ރައީސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ދީނީ ކަންކަން ކުރިއެރުވުމަށާ ހަރުދަނާ ކުރުމަށް!

ޝައިޚް ޢަލީ ޒާހިރުގެ އިލްތިމާސް: ހޮވޭ ރައީސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ދީނީ ކަންކަން ކުރިއެރުވުމަށާ ހަރުދަނާ ކުރުމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ވެރިކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަންވީ އިސްލާމް ދީނުގެ ކަންކަން ކުރިއެރުވުމަށާއި އެކަން ހަރުދަނާ ކުރުމަށް ކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް ކެންޑިޑޭޓުންނާއި ސަޕޯޓަރުން އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ އިސްލާމް ދީނުގެ ވާހަކަތައްކަން ފާހަގަކުރައްވައެވެ.

ޝައިޚް ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި އިސްލާމް ދީނުގެ ވާހަކަތަކާއި އިސްލާމް ދީން ހިމާޔަތްކޮށް މަތިވެރިކުރުމުގެ ވާހަކަތަކުގެ އަޑު އިވޭ މިންވަރާއި ގާތަކަށް ވެސް އެކަންކަމަށް އަމަލީ މަސައްކަތް ނުކުރެވޭކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

"ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކެންޑިޑޭޓުންނާ ސަޕޯޓަރުން އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ ދީނުގެ ވާހަކަ، ވީމާ ކުރިއަށް އޮތް 5 އަހަރަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަންވީ ދީނީ ކަންކަން ކުރިއެރުވުމަށާއި އެކަން ހަރުދަނާ ކުރުމަށެވެ."


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް