އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިލިބުނު ކާމިޔާބީއަކީ އިލާހީ ވަރަށް ބޮޑު ނިއުމަތެއް- ޝެއިޚް އިލްޔާސް

މިލިބުނު ކާމިޔާބީއަކީ އިލާހީ ވަރަށް ބޮޑު ނިއުމަތެއް- ޝެއިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ރިޔާސީ އިންތިހާބުގެ މިވަގުތުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) އަށް ރިޔާސީ އިންތިހާބު ކާމިޔާބުވެފައިވުމުން، އެއީ އިލާހީ ނިއުމަތެއް ކަމުގައި ވިދާޅުވެ މާތް ﷲ އަށް ހަމްދު ކުރުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސެއިން ނަސޭޙަތްތެރި ވެއްޖެއެވެ.

ޝެއިޚް އިލްޔާސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުން މާތް ﷲ އަށް ޙަމްދު ކުރުމަށާއި، މިލިބުނު ކާމިޔާބީއަކީ އިލާހީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.

ހަމައެއާއެކު ލިބުނު ކާމިޔާބީއަށް އުފާ ފާޅު ކުރުމުގައި މުންކަރާތްތަކާއި ދުރުވެ ތިއްބަވައިގެން އުފާ ފާޅު ކުރުމަށް ވެސް ޝެއިޚް ހަނދުމަ ކޮށްދެއްވާފައިވެއެވެ.




Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ