އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުން ބަލައިގަންނަނީ ހެޔޮ ހިތަކުން: ޑރ. ޝަހީމް

ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުން ބަލައިގަންނަނީ ހެޔޮ ހިތަކުން: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ރިޔާސީ އިންތިހާބު ނިމުމަށްފަހު ރައްޔިތުންނާއި މުޙާތަބު ކުރައްވާ ރައީސް ޔާމީންގެ ރަނިން މޭޓް އަދި އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލާރ، ޑރ. މުޙައްމަދު ޝަހީމް ބަޔާނެއް ނެރުއްވައިފިއެވެ.

މިއަދު އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުން ބަލައިގަންނަނީީ ހެޔޮ ހިތަކުން ކަމަށާއި އެކަންކަމަކީ މިބާަތުގެ ސިޔާސީ ކަންކަމުގައި ކުރިމަތި ނުވެ ނުދާނެ ކަންކަން ކަަމަށެވެ. އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ހެޔޮ ވިސްނުން މިންވަރު ކުރެއްވުން އެދި ދުއާ ކުރާ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ އިސްލާމް ދީނާއި ދިވެހި ޤައުމަށް ވަފާތެރި ކަމުގައި ޤައުމީ ޚިދުމަތުގައި ކުރިން ވެސް ހުރި ފަދައިން އަދިވެސް ދެމި ހުންނަވާނެ ކަަމަށާއި އެމަނިކުފާނުގެ އަޒުމަކަށް ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

ކަންކަން އިސްލާހު ކުރުމަށް އެކި މީހުން މަސައްކަތް ކުރާނީ އއެކި މަގުން ކަމަށާއި ކުރިއަށް އޮތީވެސް ކެތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ދުވަސްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ, ރައްޔިތުން އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮކޮށް ހިތައި, އެކުވެރިކަމާއެކު ސަފުތަށް ބަދަހި ކަމާއެކު ތިބުމަކީ އެކަމުގައި ޤައުމީ މަސްލަހަތު އޮތް ކަމެއް ކަމަށާއި ޤައުމީ އެއްބައިވަންތަކަން ޤާއިމް ކުރުމަށް އެންމެން އެކުވެރި ކަމާއެކީ މަސައްކަތް ކުރަން ވާނެ ކަމުގައި ދެކިލައްވާ ކަމަށެވެ.

"އަޅުގަނޑާއެކީ މަސައްކަތް ކުރެއްވި އެންމެހާ އަޚުންނާއި އުޚްތުންނަށް ޝުކުރު ދަންނަވާ ހެޔޮ ދުއާ ކުރަން. ހެޔޮ އެދި ވަޑައިގެންނެވި ބޭފުޅުންނަށް ﷲ ހެޔޮ ޖަޒާ ދެއްވުން އެދި ދުޢާ ކުރަން.
وما توفيقي إلا بالله عليه توكلت وإليه أنيب
مح " ބަޔާން ނިންމާލަމުން ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ލީމަން ज़ाހިރު 2018-09-25 23:56:19

މާނަޔަކީ ތިބޭފުޅާ ތިކުރެއްވި ކަމަކީ ރައްޔަތުންގެ ނަފުރަތުް ލިބޭވަރުގެ ގޯސްކަމެއްކަން އިހްސާސްވީ ޢޭ ތޯ..?<br /> <br /> މަޤާމުގެ ދަހިވެތިކަން ބޮޑުވިޔަސް ތީ ބޮޑުވަރެއް... ނުބައި ނުލަފާ, ވައްކަންކުރުމާއި, އަމުރު މައުރޫފު ނެއްތުން, އަދި ކޮރަޕްޝަނާއި ފަސާދަ ހިންގަން ތާއިދު ކޮށް އެކަމަކީ ސާބިތު ނުވާކަމެއް ކަމަށް ބުނެ ބޮޑު މަންज़्ރު ދެއްކުނީ ތީ ހިތާމަކުރަނީ.. ދޯ..?<br />

މިތުރު 2018-09-26 12:29:54

އަހަރެން ޔާމީނު ހޮވެން ނޭދުނީ ޝަހީމަށް ހެޔޮ އެދޭތީ އަދި ވޯޓް ނުދިނީވެސް އެހެންވެ ޤައުމުގެ ބޮޑު އިލްމު ވެރިއެއް ޖަލަށް ލާތަށް އިތުރަށް ދެކެން ބޭނުން ނުވާތީ


މަރިޔަމް ވަހީދާ