އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯލިޝަން ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭން ސައުދީވެސް އޮތީ ތައްޔާރަށް!

ކޯލިޝަން ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭން ސައުދީވެސް އޮތީ ތައްޔާރަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ކުރިއަށް 5 އަހަރަށް ރާއްޖޭގެ ވެރިކަން ކުރަން ރައްޔިތުން އިންތިޚާބުކޮށްފައިވާ ކޯލިޝަން ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭން ސައުދިއަރަބިޔާވެސް އޮތީ ތައްޔާރަށް ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ މިއަދު ވިދާޅުވީ އައިޑީބީ ވެސް ހިމެނޭ ގޮތުން ސައުދިރަސްގެފާނުގެ އިސް ވަފުދެއް އިއްޔެ އިންތިޚާބީ ކެންޑިޑޭޓާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ސައުދީ ސަރުކާރު އޮތީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރާއި ގުޅިގެން ކުރިއަށްދާން ތައްޔާރަށް ކަމަށާއި ބޭނުންވާ ހުރިހާ އެހީތެރިކަމެއްވެސް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ވަފުދުން ދީފައިވާ ކަމަށެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުހަބާ ދެންނެވުމަށާއި ސައުދިއަރަބިޔާގެ 88 ވަނަ ޤައުމީ ދުވަސް ފާހަގަކުރަން ބާއްވާ ޚާއްޞަ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް ސައުދިއަރަބިޔާގެ ޚާއްޞަ ވަފުދެއް ވަނީ ރާއްޖެވަޑައިގެންފައެވެ.

އެ ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ މިރޭ ކުރުނބާ ވިލެޖުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް