އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސްކަމަށް އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޯދީ އަށް ވެސް ދައުވަތުދީފި

ރައީސްކަމަށް އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޯދީ އަށް ވެސް ދައުވަތުދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ރާއްޖޭގެ ރައީސް ކަމަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ވެސް ދައުވަތު ދެއްވައިފިއެވެ.

މިކަން ހާމަ ކުރައްވަމުން އިންތިހާބީ ރައީސްގެ ތަރުޖަނާމު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ އިބޫ އާއި ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތުމަށް ދައުވަތު އެރުއްވި ކަމަށާއި ހަމަ އެފަދައިން އިބޫ ވެސް ވަނީ އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް މޯދީއަށް ދައުވަތު ދެއްވާފައި ކަމަށެވެ.

މީގެކުރިން ވެސް މޯދީ ވަނީ ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސަވާފައެވެ. ނަމަވެސް ރާއްޖެއާއި އިންޑިއާ އާއި އޮންނަ ގުޅުމުގެ މައްސަލައިގައި އެދަތުރުފުޅު ފަހުން ވަނީ ކެންސަލް ކޮށްފައެވެ. އެދަތުރުފުޅު ކެންސަލަ ކުރެއްވީ ރައީސް އަބްުﷲ ޔާމީންއަށް ވަރުގަދަ މެސެޖެއް ދެއްވުމަށްކަމަށް މޯދީ އެއިރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް