އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ނަމާދުކުރަން ހިއްވަރުދޭތީ 5 އަހަރު ދޮށީ އަންހެނަކާ ކައިވެނިކުރި މީހަކަށް ﷲ ދެއްވެވި ނިއުމަތްތަކުގެ ވާހަކަ

ހަމައެކަނި ނަމާދުކުރަން ހިއްވަރުދޭތީ 5 އަހަރު ދޮށީ އަންހެނަކާ ކައިވެނިކުރި މީހަކަށް ﷲ ދެއްވެވި ނިއުމަތްތަކުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

އަހަރެންގެ މައިން ބަފައިންނަކީ ލިބޭ އާމްދަނީއަކުން ކިރިޔާ އުޅެވޭ ބައެކެވެ. އެހެންކަމުން އަހަރެމެންނަކީ ފަޤީރުން ކަމަށް ބުނަން ލަދެއް ނުގަންނަމެވެ. ޙަޤީޤަތަކީ އަހަރެމެންނަކީ ފަޤީރުން ކަމެވެ.

އެއިރު އަހަރެންގެ އުމުރަކީ ހަމަ އެންމެ 22 އަހަރެވެ. އަހަރެންނާއި ކައިވެނިކުރަން ތައްޔާރަށް ތިބި ޒުވާން އަންހެން ކުދިން އަވަށުގައިވެސް އެބަތިއްބެވެ. ނަމަވެސް އަހަރެން ކައިވެނިކުރީ އުމުރުން 27 އަހަރުގެ، އަހަރެންނަށްވުރެ 5 އަހަރު ދޮށީ އަންހެނަކާއި އެވެ.

އެއީ ވެސް އަހަރެމެން އަވަށުގެ އަންހެނެކެވެ. އޭނާ ފުރަތަމަ އަހަރެންނަށް ތަޢާރަފްވީ އުމުރުން 20 އަހަރުގައެވެ. އެއިރުވެސް އަަބަދުވެސް ދައްކާނީ ނަމާދުކުރާ ވާހަކައެވެ. ހަމަ ފެންނައިރަށް ނަމާދުކޮށްފިންތޯ ސުވާލުކުރާނެއެވެ.

ކުޑަ ދުވަސްކޮޅެއްފަހުން ވަޒީފާއެއް ލިބިގެން އޭނާ ފުރައިގެން ދިއައީ ދުބާއީއަށެވެ. ދުބާއީގައި ހުރެގެންވެސް ހަމަ ދޭތެރެއަކުން ގުޅައި ނަމާދުކޮށްފިންތޯ ސުވާލުކުރެއެވެ. ދެން އަހަރެންނަށް ބޮޑަށް ޤަބޫލުކުރެވިފައި އޮތީ އެއީ އަހަރެންނަށް ވަރަށް ހެޔޮ އެދޭ އަހަރެންގެ ދައްތައަކު ކަމަށެވެ.

އޭނާ އެނބުރި އައި ދުވަސްވަރަކީ ކައިވެންޏެއް ކުރުމާއިމެދު ވިސްނަމުންދިއަ ދުވަސްވެރެވެ. އެހެންކަމުން އެކަން އޭނާ އާއިވެސް ހިއްސާކުރީމެވެ. ކައިވެންޏެއް ކުރަން ބޭނުންވާ ކަމަށް ބުނީމެވެ. ޖަވާބުގައި އޭނާ ސުވާލުކުރީ ކައިވެނި ކުރަން ބޭނުންވާ އަންހެން ކުއްޖާ އިޚްތިޔާރުކޮށްފިންތޯއެވެ؟ ނުކުރާ ކަމަށް ބުނުމުން ސުވާލުކުރީ ލޯބިވާ، ނޫނީ ކައިވެނި ކުރަން ބޭނުންވާ ޚާއްޞަ ކުއްޖަކު އެބަހުރިތޯއެވެ؟

އެފަދަ ކުއްޖަކު ނެތް ކަމަށް ބުނުމުން ބުންޏެވެ. "އަހަރެން ތިބާއަށްވުރެ އުމުރުން 5 އަހަރު ދޮށްޓެވެ. ތަނަވަސްކަމެއް ވެސް ނެތެވެ. ބަލައިލަން އެހައި ރީއްޗެއްވެސް ނޫނެވެ. އަތުގައި އޮތީ ހަމަ އެކަނި ވަރަށް ޠޯހިރު، ﷲ ތަޢާލާއަށް ބިރުވެތިވާ ހިތެކެވެ. ނަމަވެސް އަންބެއްގެ ގޮތުގައި އަހަރެން އިޚްތިޔާރުކޮށްފިނަމަ ﷲ ތަޢާލާ އަނގަވާފައިދައިން އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރުންމަތީގައި ދެމިހުންނާނަމެވެ."

އަހަރެން ވިސްނީމެވެ. ވަރަށް ބޮޑަށް ވިސްނީމެވެ. ވިސްނުމަށްފަހު ނިންމީ އޭނާ އާއި ކައިވެނި ކުރުމަށެވެ. އެއިރު އަހަރެންނާއި ކައިވެނިކުރަން ބޭނުންވެގެން އަވަށުގެ ބައެއް ޢާއިލާތަކުން ވަނީ މަންމަމެންނާއި މަޝްވަރާވެސް ކޮށްފައެވެ. އެއިގެ ތެރޭގައި ތަނަވަސްކަން ހުރި އާއިލާތައްވެސް ހިމެނެއެވެ.

އެހުރިހާ ކަންކަމާއިއެކުވެސް އަހަރެން ޤަޞްދުކުރީ އޭނާ އާއި ކައިވެނިކުރުމަށެވެ. ހަމައެކަނި އެންމެ ބޭނުމަކުއެވެ. ފަހަރެއްގައި އަހަރެން ކަންނެތްވި ނަމަވެސް ނަމާދުކުރުވާނެ ކަމުގެ ޔަޤީންކަން އޮތުމުންނެވެ. ނަމާދު އަޅަން ބޭނުން ނުވާތީއެވެ.

އެހެންކަމުން ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކުރުމަށްފަހު ކައިވެނިކުރުމުން ކަންތައްތައް މެދުވެރިވި ގޮތް ކިޔައިދެން ހެއްޔެވެ؟

މަންމަގެ ބޭބެއަކީ ވިޔަފާރިކުރާ ތަނަވަސް މީހެކެވެ. އެއްދުވަހު އަހަރެން ގެންގޮސްފައި ބުނީ އޭނާގެ އެއް ފިހާރަ އަހަރެންނަށް ދިނީ ކަމަށެވެ. ދެމަފިރިން އެކުގައި މަސައްކަތްކޮށް ލިބޭ އާމްދަނީ ބޭނުން ކުރުމަށެވެ. ލިބޭ ފައިދާއިން ފިހާރައިގައި އެއިރު ހުރި ތަކެތީގެ އަގު އަދާކުރުމުން ނިމުނީ ކަމަށެވެ.

ﷲ ތަޢާލާ މިންވަރު ކުރެއްވެވި ހެޔޮ މިންވަރުފުޅަށް ޝުކުރުވެރިވެ ބޭބެގެ ހުށަހެޅުން ޤަބޫލުކުރީމެވެ. ބޭބެ ބުނި ފަދައިން ފިހާރައިގައި މަސައްކަތްކުރަން ފެށީމެވެ. ދެމީހުންގެ ޢާއިލާއަށް ބޭނުންވާ ކަންކަން ކުރަމުން މިހާރު އަހަރެމެން ދެމަފިރިންގެ ކުންފުނީގައި 5 ފިހާރަ އެބަހުއްޓެވެ.

އަހަރެންގެ ހަޔާތުން އިބްރަތް ހާޞިލުކުރަން ބޭނުން މީހަކު ޢިބްރަތް ޙާޞިލުކުރާށެވެ. މިއަދު އަހަރެމެންނަކީ ތަނަވަސް ބައެކެވެ. ޒިންމަދާރު މަސައްކަތްތަކެއް ކުރާ ބައެކެވެ. އަހަރެންގެ އުމުރަކީ 35 އަހަރެވެ. އަންބިމީހާގެ އުމުރަކީ 40 އަހަރެވެ. 4 ދަރިން އެބަތިއްބެވެ!

އެއިރުވެސް މިހާރުވެސް ހަމަ އެންމެ ނަމާދެއްވެސް ނާޅަމެވެ. ދެމަފިރިންނާއި ދެމަފިރިންގެ މައިންބަފައިންވެސް މިތިބީ ޙައްޖުވެގެންނެވެ. ދެން އިތުރަށް ބޭނުންވާ ހަމަ އެއްވެސް ކަމެއް ނެތެވެ! މިގޮތުގައި އުމުރުގެ ބާކީ އޮތް ދުވަސްކޮޅުގައިވެސް ދިރިއުޅެލެވޭނެ ގޮތް މިންވަރުކޮށްދެއްވެވުން ފިޔަވައެވެ. އެކަމަށް އެދި މިގެންދަނީ ތަކުރާރުކޮށް ދުޢާކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް