އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޞާފާ ހަމަހަމަކަން ޤާއިމު ކުރުމަށް މިލިބުނީ ވަރަށް ފުރިހަމަ ފުރުޞަތެއް: ފައިޞަލް

އިންޞާފާ ހަމަހަމަކަން ޤާއިމު ކުރުމަށް މިލިބުނީ ވަރަށް ފުރިހަމަ ފުރުޞަތެއް: ފައިޞަލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމުން ރައްޔިތުންގެ ވަރަށް މަތީ އަޣްލަބިއްޔަތަކުން ކުރިއަށް އޮތް ދައުރަށް ރައީސުލްޖުމްހޫރިއްޔާއަކަށް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ނައިބް ރައީސަކަށް ފައިޞަލް ނަސީމް އިންތިޚާބުކުރުމަށް ވޯޓުދީފައިވާތީ އިންތިޚާބީ ނައިބް ރައީސް ފައިޞަލް ނަސީމް ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ފައިޞަލް ނަސީމް ވިދާޅުވީ ދިވެހި ރައްޔިތުންގެ މިނިންމެވުމާއިއެކު އުންމީދުތަ އާވެ އިންޞާފާއި ހަމަހަމަކަން ޤާއިމު ކުރުމަށް މިލިބުނީ ވަރަށް ފުރިހަމަ ފުރުޞަތެއް ކަމަށެވެ.

މިއަދު އިއުލާނުކުރި ރަސްމީ ނަތީޖާގައިވާ ގޮތުން އިންތިޚާބުގައި އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 134705 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96052 ވޯޓެވެ. އެހެންކަމުން ރައީސް ޔާމީނަށްވުރެ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ 38653 ވޯޓު އިތުރަށް ލިބިވަޑައިގެންފައެވެ.

"އަލްޙަމްދުލިﷲ! ދިވެހި ރައްޔިތުންގެ މިނިންމެވުމާއިއެކު އުންމީދުތަ އާވެ އިންޞާފާއި ހަމަހަމަކަން ޤާއިމު ކުރުމަށް މިލިބުނީ ވަރަށް ފުރިހަމަ ފުރުޞަތެއް، ޝުކުރިއްޔާ ރައްޔިތުން!"

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް