އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނަށް ނާކާމިޔާބުވީ އަނިޔާ ލިބުނު މީހުންގެ ދުޢާއަށް އެމަނިކުފާނު ޣާފިލުވެ ހުންނެވި ނަމަވެސް ﷲ ޣާފިލުވެ ވޮޑިނުގަތުން: ޝައިޚް އަނީލް

ރައީސް ޔާމީނަށް ނާކާމިޔާބުވީ އަނިޔާ ލިބުނު މީހުންގެ ދުޢާއަށް އެމަނިކުފާނު ޣާފިލުވެ ހުންނެވި ނަމަވެސް ﷲ ޣާފިލުވެ ވޮޑިނުގަތުން: ޝައިޚް އަނީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީގެ ސަބަބަކީ އެމަނިކުފާނުގެ އަނިޔާ ލިބުނު މީހުންގެ ދުޢާ ކަމަށާއި އެކަމަށް ރައީސް ޔާމީނު ޣާފިލުވެ ހުންނެވި ނަމަވެސް ﷲ ތަޢާލާ ޣާފިލުވެ ވޮޑިނުގަންނަވާނެ ކަމަށް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ދީނީ އިލްމުވެރިން ވަނީ މިކަމުގެ ވާހަކަފުޅުތައް ވަރަށް ގިނައިން ދައްކަވައި ކަންބޮޑުވުން ފައުޅު ކުރއްވައިފައެވެ. ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެފައިވަނީ މީސްތަކުންގެ މައްޗަށް އަދުލުވެރިނުވާނަމަ އެކަމުގެ ޢުޤޫބާތާއި ކުރިމަތިލާން ނުޖެހޭނެ މީހަކު ނުހުންނާނެ ކަމަށެވެ. ވަކި ހިސާބަކުން ﷲ ތަޢާލާގެ "ލަޓިބުރިން" ޖައްސަވާނެ ކަމަށާއި އެ ލަޓިބުރިން ޖައްސަވާ އަޑު ނުއިވޭނެ ކަމަށާއި ނަމަވެސް ޖައްސަވާ "އެތިފަހަރު" ވަރަށް ބާރުވާނެ ކަމަށެވެ.

"ނާކާމިޔާބުވީ ސަބަބާއިމެދު ރައީސް ޔާމީނު ރޭ ކުރެއްވި ހުރިހާ ސުވާލުތަކެއްގެ ޖަވާބަކީ މިއީ އެވެ. - މަނިކުފާނުއެވެ. މި ބޮޑު ނާކާމިޔާބީގެ ސަބަބަކީ މަނިކުފާނުގެ އަނިޔާ ލިބުނު މީހުންގެ ދުޢާ އެވެ. މަނިކުފާނު އެއާއިމެދު ޣާފިލުވެ ހުންނެވި ނަމަވެސް ﷲ ޣާފިލުވެ ވޮޑިއެއް ނުގަންނަވާނެއެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް