އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޒީ ޖިންޕިން ހުންނެވީ އިބޫ އާ އަތާ އަތް ގުޅުއްވައި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދެއްވަން ތައްޔާރަށް!

ރައީސް ޒީ ޖިންޕިން ހުންނެވީ އިބޫ އާ އަތާ އަތް ގުޅުއްވައި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދެއްވަން ތައްޔާރަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ޗައިނާގެ ރައީސް ޒީ ޖިންޕިން ހުންނެވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާ އަތާ އަތް ގުޅުއްވައި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދެއްވަން ތައްޔާރަށްކަން ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ)އަށް ފޮނުއްވެވި މަރުޙަބާގެ މެސެޖުގައެވެ.

ރައީސް ޒި ޖިންޕިން ވިދާޅުވެފައިވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ގުޅުންތައް އިތުރަށް ފުރިހަމަ ކުރަން ކުރަންޖެހޭ ކަންކަން އިބޫއާއިއެކު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑެތި އެހީތައް ވެދެމުން އަންނަ ޤައުމެކެވެ. ހުޅުމާލެއަށް ބަލައިފިނަމަ މީހުން އާބާދުވާން ފުރަތަމަ އެލި ފްލެޓްތައް އަޅާފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭއެހީގެދަށުންނެވެ. މާލެއަށް ބަލައިފިނަމަ ސިނަމާލެ ފްލެޓްތައް އަޅައި ދިނުމާއި މާލޭގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި މުހިންމު ގިނަ އިމާރާތްތަކަކީ ޗައިނާގެ ހިލޭ އެހީގެދަށުން އަޅައިދީފައިވާ ތަންތަނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް