އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން ވޯޓު ނުދިން ނަމަވެސް ވެރިކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީނުކަމުގެ ބިރު ނުދެއްކި ނަމަ ލިބުނު ވޯޓުގެ 50% ވެސް ނުލިބޭނެ: ސައުދު

ރައްޔިތުން ވޯޓު ނުދިން ނަމަވެސް ވެރިކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީނުކަމުގެ ބިރު ނުދެއްކި ނަމަ ލިބުނު ވޯޓުގެ 50% ވެސް ނުލިބޭނެ: ސައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ނިމިގެންދިއަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ނުދިން ނަމަވެސް ވެރިކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީނުކަމުގެ ބިރު ރައްޔިތުންނަށް ނުދެއްކި ނަމަ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި 96000 ވޯޓުގެ 50% ވެސް ލިބިވަޑައި ނުގަންނަވާނެ ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިރޭ ވިދާޅުވީ ރައީސް ޔާމީނަކީ ޚުދުމުޚުތާރު ވެރިއެއްކަމަށް ރައްޔިތުން ޔަޤީން ކުރާ ކަމަށާއި ރައްޔިތުން ވޯޓު ނުދިންނަމަވެސް ކޮންމެ ގޮތަކުން ނަމަވެސް ކުރިއަށް އޮތް ދައުރަށް ހުވާ ކުރައްވާނީ ރައީސް ޔާމީނުކަމަށް ތަކުރާރުކޮށް ބުނަމުން ގެންދިއުމުން ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. "ރައްޔިތުންގެ ބައަކަށް ވިސްނިފަ އޮތީ ޚުދުމުޚުތާރު ކަމާއެކު އެބުނާ ކޮންމެވެސް ގޮތަކުން ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް. ވޯޓު ނުދީފި ނަމަ ވެރިކަމަށް ވަޑައިގެން ކުރައްވައިފާނެ އަނިޔާއަކަށް ބިރަށް އެމީހުން ވޯޓު ދިނީ."

ސައުދު މިމޭރުމުން ވިދާޅުވެފައިވާއިރު މުލީއާގެއަށް ޒުވާނުންގެ ގްރޫޕުތައް ގެންގޮސް ދެއްކި ވާހަކަތަކުގައި "ކަލޭމެން ވޯޓުލާން ބޭނުން ނޫންނަމަ ވޯޓު ނުލި ނަމަވެސް މައްސަލައެއް ނެތޭ. ވެރިކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީނޭ. ނުލީމާ ދެރަވާނީ ކަލޭމެންނަށޭ." ބުނެފައިވާކަމަށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ މިއަދުނޫހަށް މައުލޫމާތުދީފައެވެ.

ސައުދު ވިދާޅުވީ އިސްލާމީވަންތަކަމުގެ ސިފަ ހުރި ވެރިއަކުވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަމުގެ ޝަރުޢީ ޙުކުމް ބަދަލުކޮށް ހާމަ ނުކުރާނެ ކަމަށާއި ނަމަވެސް ރައީސް ޔާމީނު ވަނީ އެފަދަ އެތައް ކަމެއް ކުރައްވާފައި ކަމަށެވެ. އެގޮތުން ވައްކަން ކުރަން ހިއްވަރު ދެއްވުމާއި ހިލޭ އަންހެނުންނާއިއެކު ފާހިޝް އަމަލު ހިންގުމަކީ ޙަރާމް ކަމެއް ނޫންކަން ބަޔާން ކުރެއްވުމުން ރައްޔިތުން ދުވަހަކުވެސް ރައީސް ޔާމީނު ބަލައި ނުގަންނާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް