އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރިޖަށް ދާން އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބްރިޖަށް ދާން އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ހުޅުމާލެއިން ބްރިޖަށް ދާން ހަދާފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން 51 އަހަރުގެ ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މީޣެ އިރުކޮޅެއް ކުރިން ހިނގި މިއެކްސިޑެންޓު ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަރުން އައި ޕިކަޕަކުން ޖެހިގެން ކަމަށް މަންޒަރު ދުށް ބަޔަކު މައުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދާން އިން ޓަރނިން ޕޮއިންޓުގައި މިއަދު މެންދުރު 13:35 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން މިވަގުތު ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ކަނާއަތަށާއި ކަނާތު ފައިގެ ކަކޫ ފްރެކްޗަރ ވެފައިވާ ކަމަށް، އެހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ މޭޑިއާ ކޯޑިނޭޓަރު އާޝިޔާ ސޯލިހު ވިދާޅުވެފައިވެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް







ތިމަންނަ 2018-10-08 17:26:38

ކަލޭގެޔާ! އަދިވެސް މަޑީ ދުއްވޭލެއް ... މިއި އޯވަރޓޭކް ކުރަން އުޅެނިކޮށް ދިމާވި ކަމެކޯ..


މަރިޔަމް ވަހީދާ