މި ތަރިންގެ އަސްލު ނަން އެނގޭތަ؟

މި ތަރިންގެ އަސްލު ނަން އެނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

'ރަޖީވް ހަރީ އޯމް ބާޓިއާ' ނޭނގިދާނެއެވެ. އެކަމަކު 'އަކްޝޭ ކުމާރު' އެނގޭނެކަން ޔަޤީނެވެ. 'ސްޓެފަނީ ޖޮއޭން އެންޖަލީނާ ޖާމަނޯޓާ' ނޭގުނަސް 'ލޭޑީ ގާގާ' އެނގޭ ދޯއެވެ؟ 'މަލައިކާ ޝަރާވަތު' އެނގިދާނެއެވެ. ނަމަވެސް،'ރީމާ ލަމްބާ' އޭ ބުނީމަ ނޭނގިދާނެ އެވެ. 'ކެޓްރީނާ ޓާކޯސް' އެނގޭ ހެއްޔެވެ؟ އެއީ ހަމަ'ކެޓްރީނާ ކައިފް' އެވެ. 'ކެޓްރީނާ'ގެ އަސްލު ނަމަކީ އެއީއެވެ.

މި ދައްކަނީ ވިދާލި ވިދާލުމާއެކު ތަރިންގެ ނަމަށް އައި ބަދަލެވެ. ގިނަ މީހުންނަށް މި ތަރިންގެ އަސްލު ނަން ނޭނގޭނެކަން ގައިމެވެ. މި ބަޔާންކުރި ތަރިންގެ އިތުރުން ނަން ބަދަލުކޮށްފައިވާ އިތުރު ތަރިންވެސް ބުނެދޭނަމެވެ.

އެގޮތުން، 'ރަޖްނީކާންތް' ގެ އަސްލު ނަމަކީ'ޝިވާޖީ ރާއޯ ގައިކްވާދް'އެވެ.

'ޖޯން އަބްރަހަމް' ގެ އަސްލު ނަމަކީ 'ފަރްހާން އަބްރަހަމް' އެވެ. 'ސަނީ ލިއޯނީ' ގެ އަސްލު ނަމުގެ ނިވާކަން ބޮޑެވެ. އޭނާގެ އަސްލު ނަމަކީ 'ކަރަންޖީތު ކައުރް ވޯރާ' އެވެ.

މިފަހަކަށް އައިސް، ބޮލީވުޑްގައި ނަން ބަދަލުކުރުން އެހާ އާންމު ނޫންކަމަށް ބުނެވިދާނެއެވެ. މީގަ ބައެއް ތަރިންނަށް ވާގޮތަކީ ފިލުމަކުން އޭނާއަށް ދީފައި އޮންނަ ނަން ހަރުލަނީއެވެ. އަނެއް ބައިތަރިންގެ ނަން ރަސްމީކޮށް ވެސް ވަނީ ބަދަލުކޮށްފައެވެ.

މި ހުންނަނީ ފޮރުވިފައިވާ ސިއްރުތަކެވެ. ތަފާތެއް ނޫން ހެއްޔެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
16%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް