އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާދަށް ކުރި ދައުވާ ބާތިލު ކޮށްފި

ސިޔާދަށް ކުރި ދައުވާ ބާތިލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރަހިމް ގެ ދަރިކަލުން އަދި ވިލާ ގްރޫޕް އޮފް އިންޑަސްޓްރީސް ގެ މެނެޖިން ޑިރެކްޓާރ އިބްރާހިމް ސިޔާދު ޤާސިމް ގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިން ކަމުގެ ދައުވާ، ކްރިމިނަލް ކޯޓުން ބާތިލު ކޮށްފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ސިޔާދު ހައްޔަރުކޮށް ދައުލަތުން ދައުވާ ކުރީ އެ ދެ ފަނޑިޔާރުންނާ ގުޅުންހުރި ފަރާތްތަކުން މެލޭޝިޔާއިން ގަތް ފްލެޓުތަކަކަށް ވިލާ ކުންފުނީގެ ފަރާތުން ފައިސާ ދެއްކެވި ކަމަށެވެ. މިމައްސަލައިގައި ސިޔާދު ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށްފަހު މިނިވަން ކުރީ މިދިޔަ ޖުލައި މަހުގައެވެ.

ސިޔާދް ގާސިމްގެ މައްޗަށް ކުރި އެދައުވާ ބާތިލު ކުރީ، ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ނިންމާ، އެދައުވާގައި ބުނާ ކަންކަން ސާބިތު ކުރެވޭނެ ލިޔުންތައް ވެސް ދައުލަތުން ހުށަހަޅާފައި ނެތުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ