އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަމަހު މީރާއިން1.3 ބިލިއަން ރުފިޔާ ބަލައިގެންފި!

މިދިޔަމަހު މީރާއިން1.3 ބިލިއަން ރުފިޔާ ބަލައިގެންފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ސެޕްޓެންބަރު 2018 ގައި މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ %25.9 އިތުރުއަދަދެކެވެ.

2017 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓު، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.

ސެޕްޓެންބަރު2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %39.9ނުވަތަ 507.83މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ %25.7 ނުވަތަ 326.77މިލިއަން ރުފިޔާއެވެ.މީގެ އިތުރުން، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 82.36 މިލިއަން ރުފިޔާ (%6.5)، ގްރީންޓެކްސްގެ ގޮތުގައި63.12މިލިއަން ރުފިޔާ(%5.0)،އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި61.10 މިލިއަން ރުފިޔާ (%4.8) އަދިއެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ231.18 މިލިއަން ރުފިޔާ).2)ހިމެނެއެވެ.

ސެޕްޓެންބަރު2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 59.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް