އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެކި ސިއްރުކުރަނީ ހާމަކޮށްފިނަމަ މުލީއާގެ އާ ހުރި ގުޅުން ފަޅާއަރާނެތީ: މެންބަރު ސައުދު

ހެކި ސިއްރުކުރަނީ ހާމަކޮށްފިނަމަ މުލީއާގެ އާ ހުރި ގުޅުން ފަޅާއަރާނެތީ: މެންބަރު ސައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅުވައިގެން ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ހެކި ސިއްރުކުރަނީ ހާމަކޮށްފިނަމަ އެމީހާ އާއި މުލީއާގެ އާއި ހުރި ގުޅުން ފަޅާއަރާނެތީ ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ އެމީހާ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޢާއި ބައްދަލުކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް މުލީއާގެއަށް ވަދެ ނުކުމެ އުޅުނުކަން އެނގިގެންދާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ. ކާކުކަން ހާމަނުކޮށް ސިއްރުކުރަން ބޭނުންވެގެން އުޅެނީ އެކަންކަން ހާމަވެގެންދާނެތީ ކަމަށެވެ.

ސައުދު ވިދާޅުވީ ވޯޓު ބާޠިލުކުރުމަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސްޕްރީމް ކޯޓުގައި ދެމުން ގެންދަނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށާއި ތުހުމަތުކުރާ އެއްވެސް ކަމަކީ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު އިތުރުކުރަން ކޮށްފައިވާ ކަންކަން ނޫން ކަމަށެވެ. ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ ކޮށްފައިވާނީ ރައީސް ޔާމީނަށް ވޯޓު ގިނަކުރަން ކަމަށެވެ. "އެމީހުން ކުރި ކަންކަން އަނެއްކޮޅަށް އަނބުރާލައިގެން ސްޕްރީމް ކޯޓުގައި އެވާހަކަދައްކަނީ."

ސައުދު ވިދާޅުވީ ޖާދޫގެ އަނގޮޓިއެއް ބޭނުންކުރަނިކޮށް ފެނުމުން ފޮޓޯ ނެގިމީހާ ވަގުތުން މައްސަލަ ނުޖެއްސުމަކީވެސް އެއީ ކުރިކަމެއް ކަމަށްވާނަމަ އެކަންކުރީ ޕީޕީއެމްގެ އޮފިޝަލުންކަން ހާމަވާ ސަބަބެއް ކަމަށެވެ. "އެމީހުން އެކަންކުރީ އިބޫގެ ވޯޓުތައް ބާޠިލުކުރަން. އެމީހުން ފޮޓޯ ނެގީވެސް. ކުރަން ބޭނުންވި ވަރަށް ނުކުރެވުނީ. ބާޠިލު ވޯޓު ވެސް ދެބައިކުޅައެއްބައަށް މަދުވީ. އިބޫއަށް 38000 ވޯޓު ގިނަވެސްވީ. ދެން ގޮތް ހުސްވީމަ ހުރިހާ ކަމެއް މިއަނބުރާލަނީ އަނެއްކޮޅަށް" ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް