އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮމާންޑަރ އިން ޗީފް ކޮންމެފަދަ އަމުރެއްވެސް ކުރައްވަފާނެ - ސަލާމަތީ ބާރުތަކުން ވަރަށް ބޮޑަށް ހޭލުންތެރިވުން މުހިންމު: މެންބަރު ސައުދު

ކޮމާންޑަރ އިން ޗީފް ކޮންމެފަދަ އަމުރެއްވެސް ކުރައްވަފާނެ - ސަލާމަތީ ބާރުތަކުން ވަރަށް ބޮޑަށް ހޭލުންތެރިވުން މުހިންމު: މެންބަރު ސައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ރައްޔިތުންގެ ތާއީދު ރައީސުލްޖުމްހޫރިއްޔާއަށް ގެއްލި މިފަދަ ޙާލަތަކަށް ޤައުމުގެ ކަންކަން ދިއުމުން ކޮމާންޑަރ އިން ޗީފް ކޮންމެ ފަދަ އަމުރެއްވެސް ކުރައްވައިފާނެ ކަމަށާއި ސަލާމަތީ ބާރުތަކުން މިކަންކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެ ތިބުމަށް ވިލިގިލި ދާއިތާގެ މެންބަރު ސައުދު ޙުސައިން ގޮވާލައްވައިފިއެވެ.

ސައުދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ޕީޕީއެމުން ކުރާ މުޒާހަރާތަކަކީ ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ބައަކާއި އަދި ދިވެހި ދައުލަތާއި ދެކޮޅަށް ކުރާ މުޒާހަރާތަކެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި ޕީޕީއެމް އިން މުޒާހަރާކުރާއިރު އެންމެ އިސްކޮށް މިހުންނަވަނީ ދިވެހި އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް ކަމަށްވުމުން މިއީ ޤައުމަށް ވަރަށް ނުރައްކާތެރި ޙާލަތެއް ކަމަށެވެ.


ސައުދު ވިދާޅުވީ މީގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީން ކޮންމެ ވަގުތަކުވެސް ފިއްލަވައިފާނެ ކަމަށާއި ސަލާމަތީ ބާރުތަކުން އެކަމަށް ވެސް ވަރަށް ބޮޑަށް ހޭލުންތެރިވެ ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސައުދު ވިދާޅުވީ ރައީސް ޔާމީނަށް ރާއްޖެއިން ފުރާވަޑައިގެންނެވެން ވާނީ 5 އަހަރު ތެރޭގައި ގެއްލިފައިވާ ފައިސާތަކާއި މަރާފައިވާ މީހުންގެ މައްސަލަތަކަށާއި ރައްޔިތުންނަށް ދީފައިވާ އަނިޔާތަކަށް ޖަވާބުދާރީވެވަޑައިގަތުމަށްފަހުގައި ކަމަށެވެ.

ސައުދު ވިދާޅުވީ ރައީސް ޔާމީނު ވެރިކަމުގައި ހުންނަވަނިކޮށް އެމްއެމްއޭ އިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކީ ވަރަށް މުހިންމު މައްސަލައެއް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީންވެސް މިހާރުން މިހާރަށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. "މިފަދަ އެތައް ބައިވަރު މައްސަލަތައް ހުރީމަ ހަމަ އިތުރަށް އެންމެ ދުވަހަކުވެސް ހުންނެވޭތޯ އެ މަސައްކަތް ކުރައްވަނީ. މަޖިލިސް ޕެރެލައިޒް ކުރައްވައިގެން އެ ހިފަހައްޓަވަނީ މިފަދަ މައްސަލަތައް މަޖިލީހުން ބަލައިފާނެތީ." ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް