އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރިޖު މަތިން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓެއް ވެއްޖެ

ބްރިޖު މަތިން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓެއް ވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

ސިނަމާލެ ބްރިޖު މަތިން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވެއްޖެއެވެ.

މިހާދިސާއާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހުޅުމާލެ ހޮސްޕިޓަލު ހިންގުމާއި ހަވާލުވެފައިވާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިއާ ސޯލިހު ވިދާޅުވީ، މިއެކްސިޑެންޓުގެ ސަބަބުން އަނިޔާވި ތިން މީހުންނަށް ފަރުވާ ދިނުމަށް މިރޭ 20:30 ގައި އެހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

ބްރިޖު މަތީގައި ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ އަންހެނަކަށާއި 31 އަހަރުގެ ފިރިހެނަކަށާއި 27 އަހަރުގެ ފިރިހެނަކަށެވެ. މިތިން މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވުމުން ހުޅުމާލޭ ހޮސްޕިޓަލުން އެމީހުންނަށް ފަރުވާ ދިނުމަށްފަހު، މިހާރު ގެއަށް ފޮނުވާލެވިފައިވާ ކަމަށް ވެސް އާޝިއާ މައުލޫމާތު ދެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ