އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިނަމާލެ ބްރިޖު ހަދަން އައި ޗައިނާ މީހުން މިޔަރު ބާނާކަން ފެންމަތިވެއްޖެ

ސިނަމާލެ ބްރިޖު ހަދަން އައި ޗައިނާ މީހުން މިޔަރު ބާނާކަން ފެންމަތިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ކަމަށްވާ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ރާއްޖެ އައިސް އުޅޭ ޗައިނާ މީހުން، މިޔަރު ބާނާ ކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ. މާލެގެ ރާޅުގަނޑު ސަރަޙައްދުގައި އެމީހުން ދިރިއުޅެން ހަދާފައިވާ ލޭބަރ ކުއާޓަރު ތެރޭގައި، ހިއްކަން ބަހައްޓާފައި ކަމަށް ބެލެވޭ މިޔަރު އުރަހަތަކެއްގެ ފޮޓޯތަކެއް ވެސް ވަނީ އާއްމުވެފައެވެ.

ޗައިނާ މަސައްކަތު މީހުން މިޔަރު ބާނާ ކަމަށް ބުނެ ފޮޓޯތައް އާއްމުކޮށްފައިވާއިރު، މިމައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކަށް ބައެއް ރައްޔިތުން ގޮވާލަމުން ދެއެވެ.



ރާއްޖެ ސަރަޙައްދުގައި ދިރިއުޅޭ މިޔަރުގެ އާބާދީތަކުގެ ހާލަތު ހުރި ގޮތަށް ބަލާފައި، މިޔަރުގެ ބާވަތްތައް މިސަރަޙައްދުން ނެތި ހިނގައިދާނެ ކަމަށް ފަންނީ މާހިރުންގެ ދިރާސާތަކުން ސާބިތުވެފައިވާތީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދިހަ ވަނަ މާއްދާގެ ދަށުން 2010 ވަނަ އަހަރު އަހަރުގެ ތެރޭގައި، ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ހިމެނޭހެން ރާއްޖޭގެ އެއްވެސް ސަރަޙައްދަކުން މިޔަރު ބޭނުން ވަނީ މަނާކޮށްފައެވެ.

ރާއްޖޭގެ އެިގްތިސާދީ ސަރަޙައްދުގެ ތެރެއިން ހިފުން، ބޭނުން، ނެގުން ނުވަތަ މެރުން މަނާ ތަކެއްޗާއި ބެހެ ޤަވާއިދުގެ ދަށުން، މިޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ކަނޑައެޅިފައިވެއެވެ.





Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ