އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާމިޔާބު ލިބޭނީ އަބަދުވެސް ޙައްޤަށްކަން ހާމަވެއްޖެ: ޝެއިޚް އިލްޔާސް

ކާމިޔާބު ލިބޭނީ އަބަދުވެސް ޙައްޤަށްކަން ހާމަވެއްޖެ: ޝެއިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ކާމިޔާބު އަބަދުވެސް ލިބޭނީ ޙައްޤަށްކަން ސުޕްރީމް ކޯޓުގެ އަމުރުން ހާމަވެއްޖެ ކަމަށް ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ''ރައްޔިތުން މާޔޫސްކޮށް، މުޖުތަމަޢު ހަލަބޮލިކޮށް، ދޮގު މަޢުލޫމާތު ފެތުރުމަކުން ބާތިލް ކުރިއެރުން ނުލިބޭނެކަމާއި، ކާމިޔާބު ލިބޭނީ އަބަދުވެސް ޙައްޤަށްކަން ސުޕްރީމް ކޯޓުގެ އަމުރުން ހާމަވެއްޖެ'' ކަމަށެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި، އިންތިޚާބު ބާތިލްކުރަންޖެހޭ އެއްވެސްސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކުރުމާއި ގުޅިގެންނެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު