އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް މޯދީ ވަޑައިނުގަންނަވާނެ!

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް މޯދީ ވަޑައިނުގަންނަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައި ނުގެންނެވުން ކައިރި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ހާމަކުރަމުން އެބަގެންދެއެވެ.

މައުލޫމާތު ލިބޭ ގޮތުން ރަސްމިއްޔާތުގައި "ހަމައެކަނި ބައިވެރިއެއް" ގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަން އިންޑިއާގެ ސަރުކާރުން ބޭނުމެއް ނުވެއެވެ. އަދި ރަސްމިއްޔާތަށް އިންތިޚާބީ ރައީސް "އަނގަބަހުން" ދައުވަތު އަރުވާފައިވީ ނަމަވެސް ރަސްމީ ދައުވަތެއް އަދި ފޮނުވާފައެއް ނުވެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުން ބޭރުން ވަޑައިގަންނަވަނީ ކިތައް އިއްޒަތްތެރިންކަމާއި ރަސްމިއްޔާތުގައި މޯދީގެ ދައުރު އެނގެން ބޭނުންވެއެވެ.

އިންތިޚާބީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައި ނުގެންނެވި ނަމަވެސް ކުރިއަށް އޮތް އިންޑިއާގެ މަޖިލިސް އިންތިޚާބުގެ ކުރިން މޯދީ ރާއްޖެއަށް ވެސް ދަތުރުފުޅެއް ކުރައްވައި މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ވެސް ވަޑައިގެންނެވިކަން ދައްކަވާނެ ކަމަށް ވެސް ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ކުރައްވާ ރަސްމީ ދަތުރުފުޅު އަންނަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރައްވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ވަނީ ދެ މަންދޫބަކު ފޮނުއްވައިގެން ރާއްޖޭގެ ކަންކަން ވަރަށް ގާތުން ބަލައިފައެވެ. މޯދީގެ ދަތުރުފުޅާއި ގުޅިގެން ރަސްމީ ބަހެއް އަދި އިންޑިއާގެ ޚާރިޖިއްޔާ އިން ބުނެފައެއް ނުވެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް