އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިޔާ ލިބެމުންދާ އެންމެންގެ މައްސަލަތައްވެސް ޕީޖީން ކޯޓުތަކަށް ހުށަޅައި އިންޞާފު ހޯދައިދިނުމަށް ޤާސިމް އިބްރާހީމް އެދިވަޑައިގެންފި

އަނިޔާ ލިބެމުންދާ އެންމެންގެ މައްސަލަތައްވެސް ޕީޖީން ކޯޓުތަކަށް ހުށަޅައި އިންޞާފު ހޯދައިދިނުމަށް ޤާސިމް އިބްރާހީމް އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

އިންޞާފުން ބޭރުން ޝަރީޢަތް ކުރެވި ޙުކުމް ކުރުމުން އަނިޔާ ލިބެމުންދާ އެންމެންގެ މައްސަލަތައް ވެސް ޕްރޮސެކިޔުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ކޯޓުތަކަށް ހުށަހަޅުއްވައި އިންޞާފު ހޯދައި ދިނުމަށް މަސައްކަތްކޮށް ދިނުމަށް ޖޭޕީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ނަޝީދުގެ ޙައްޤުތައްވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދިއުމަށްފަހު ޓެރަރިޒަމްގެ ދައުވާ އުފުލުމުން އެއީ ޤާނޫނާއި ޚިލާފަށް ކުރި ކަމެއް ކަމަށާއި އެއީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ފުރަތަމަވެސް ވިދާޅުވީ އެމަނިކުފާނު ކަމަށެވެ. ނަމަވެސް އެދުވަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅު އަޑުއަހާނެ ފަރާތެއް ނެތުނީ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ކާނަލް ނާޒިމްގެ މައްސަލަ އާޝައޚް އިމްރާނުގެ މައްސަލަ އާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ފަނޑިޔޢރު ޢަލީ ޙަމީދުގެ ޝަރީޢަތްތައް ކޮށްފައިވަނީ ހަމަ ޝަރީޢަތް ކުރަން އޮންނަ ޤާނޫނުތަކާއި އުޞޫލުތަކުގެ ތެރެއިން ކަމާއިމެދު ސުވާލު އުފައްދަވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ގނަ ބައަކު އުފައްދަމުން ގެންދާ ސުވާލުތަކެއް ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ކޯލިޝަނުން ރިޔާސީ ކެންޕޭނުގައި ބޭނުންކުރި މައިގަނޑު ޝިޢާރަކީ "އިންޞާފުގެ މަގަށް ރާއްޖެ" ކަމަށާއި ރިޔާސީ އިންތިޚާބަށްފަހު މިނިވަން މުއައްސަސާތަކާއި ކޯޓުތަކުން އެމަގަށް ދަތުރުފަށާފައިވާތަން ފެނިވަޑައިގަންނަވާތީ އުފާފުޅު ކުރައްވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް