އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުން ﷲ ވަނީ ވަރަށް ބާރުގަދަ އެތިފަހަރެއް ޖައްސަވާފަ - އެހިސާބުން ބޭނުންވި އެއްވެސް ގޮތަކަށް އެއްވެސް ކަމެއް ނުނިމުނު: ޤާސިމް

މިސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުން ﷲ ވަނީ ވަރަށް ބާރުގަދަ އެތިފަހަރެއް ޖައްސަވާފަ - އެހިސާބުން ބޭނުންވި އެއްވެސް ގޮތަކަށް އެއްވެސް ކަމެއް ނުނިމުނު: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މިސރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުން މާތް ﷲ ވަނީ ވަރަށް ބާރުގަދަ އެތިފަހަރެއް ޖައްސަވާފައި ކަމަށާއި އެ އެތިފަހަރުގެ އަޑު ނުއިވުނު ނަމަވެސް އެތިފަހަރު ޖެއްސެވި ހިސާބުން ފެށިގެން ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް، ބޭނުންފުޅުވި އެއްވެސް ގޮތަކަށް އެއްވެސް ކަމެއް ނުނިމުނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"ހާދަ ބާރަކަށް ޖެއްސެވީމައޭ ހަމަ އެއްވެސް ކަމެއް ބޭނުންވި ގޮތަށް ނުނިމި ހުރިހާ ކަންކަމެއް މުޅިން ތަފާތުކޮށް ނިމިގެން މިދިއައީ."



ޤާސިމް އިބްރާހީމް ވިދާޅުވީ ވެރިކަމަށް އައުމަކީވެސް ބުރަ ކަމެއް ކަމަށާއި ނަމަވެސް އެންމެ ބޮޑު ބުރައަކަށް ނުވަތަ ބޮޑު ކަމަކަށް ވެގެންދަނީ ވެރިކަން ލިބުމަށްފަހު ރަނގަޅު ގޮތުގައި ވެރިކަންކުރުމާއި ވެރިކަން ދެމެހެއްޓުން ކަމަށެވެ.



ޤާސިމް އިބްރާހީމް ވިދާޅުވީ ވެރިކަން ކުރާއިރުވެސް އަމާން އޮމާން ދުވަސްތަކާއި މޫސުން ގޯސްވެ ވިއްސާރަވެ ކަނޑު އިންތިހާއަށް ގަދަވާ ދުވަސްތަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި މުހިންމީ ހުރިހާ ޙާލަތްތްކެއްގައިވެސް ކެތްތެރިކަމާއިއެކު ކުރިއަށް ދިއުން ކަމަށެވެ. "އިންތިޚާބީ ރައީސް އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިހަކީ އެފަދަ ޤާބިލު ލީޑަރެއް."

ޤާސިމް އިބްރާހީމް ވިދާޅުވީ ގިނަ ބައަކު ގުޅިގެން ސަރުކާރު ހިނގާއިރު މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ކޯލިޝަނުގެ ކަންކަމުގައި ދެބަސްވާނީ ވެސް އެއްބަސްވާނީ ވެސް އެއްބަސްވެގެން ކަމަށެވެ. އެގޮތަށް ކުރިއަށް ދިއުމުން ހުރިހާ މައްސަލަ ތަކެއްވެސް ދާނީ ޙައްލުވަމުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު