އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

12 މެންބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓޫން ޙުކުމް ކުރުމުން ޤާސިމް މަރުޙަބާ ވިދާޅުވެއްޖެ.

12 މެންބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓޫން ޙުކުމް ކުރުމުން ޤާސިމް މަރުޙަބާ ވިދާޅުވެއްޖެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިއަދު ވިދާޅުވީ 12 މެންބަރުންވެސް އަދި އިތުރަށް ބަންދުކޮށް އަދަބުދިން މެންބަރުންވެސް ވަނީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ވަރަށް ބޮޑު ޤްރްބާނީއެއްވެފައި ކަމަށާއި އެއީ އެބޭފުޅުން ކުރެއްވެވި ވަރަށް މަތިވެރި ޖިހާދެއް ކަމަށެވެ. "އިސްލާމް ދީނުގައި އޮތް ގޮތަށް ބެލި ނަމަވެސް އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުމަކީ އެންމެ މަތިވެރި ޖިހާދެއް. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ދޮޅު އަހަރާއި ގާތަށް އެ މެންބަރުންގެ ޙައްޤުތައް ނިގުޅައިގަނެ އަނިޔާވެރިވެފައި އެވަނީ ޙައްޤު ބަސް ވިދާޅުވީތީ. އިންޞާފަށް ލޯބިކުރެއްވީތީ. އެހުރިހާ ގެއްލުމަކާ އަނިޔާތަކަށް ހުރިހާ މެންބަރުންވެސް ކުރިމަތިލެއްވީ ވަރަށް ސާބިތު ކަމާއިއެކު. މިއީ ރާއްޖޭގެ ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ކަންކަން." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ލަހުން ނަމަވެސް، އެއްވެސް މެންބަރެއްގެ ޙައްޤުތައް ނުގެއްލި، ޙައްޤުތައް ލިބޭ ގޮތަށް ސްޕްރީމް ކޯޓުން މައްސަލަތައް ނިންމަވައި ދެއްވި ކަމަށްޓަކައިވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސްޕްރީމް ކޯޓުން ކުރި ޙުކުމަތަކުން އެނގިގެން ދިއައީ 12 މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމާއި 12 މެންބަރުންގެ ޙައްޤުތައް ހިފަހައްޓާފައި ވަނީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށެވެ. މިކަމުގެ ތެރޭގައި ބައެއް މެންބަރުން އަނިޔާވެރި ގޮތުގައި މަޖިލިސްކުރާގޭގެ ފާރުމަތިން އުކާލައި ޖަލުގައި ބަންދުކޮށް ބޮޑެތި އަނިޔާތައް ކޮށްފައިވާއިރު ރައީސް ޔާމީނު ވިދާޅުވެފައިވަނީ 12 މެންބަރުންގެ ޙައްޤުތައް ނިގުޅައިގަތުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އެމަނިކުފާނު ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް