އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ނަޝީދަށް ހުރަހެއް ނެތި ރާއްޖެ ވަޑައިގެންނެވޭތީ ފައިޞަލް ނަސީމް މަރުޙަބާ ވިދާޅުވެއްޖެ

ރައީސް ނަޝީދަށް ހުރަހެއް ނެތި ރާއްޖެ ވަޑައިގެންނެވޭތީ ފައިޞަލް ނަސީމް މަރުޙަބާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ރައީސް މުޙައްމަދު ނަޝީދަށް 3 އަހަރު ފަހުން ހުރަހެއް ނެތި ރާއްޖެ އެނބުރި ވަޑައިގެންނެވޭ ކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދަށް އިންތިޚާބީ ނައިބް ރައީސް ފައިޞަލް ނަސީމް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ފައިޞަލް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ވަނީ މިހާރުވެސް ޖަލުގައި ނުޙައްޤުން އަނިޔާ ލިބެމުންދާ ފަރާތްތަކަށް އިންޞާފު ކަށަވަރުކޮށް ދެއްވުމަށް ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފައެވެ.

"މަރުޙަބާ ރައީސް މުޙައްމަދު ނަޝީދު. 3 އަހަރު ފަހުން ހުރަހެއް ނެތި ރާއްޖެ އެނބުރި ވަޑައިގެންނެވޭ ކަމަށްޓަކައި ނުހަނު އުފާކުރަން. މަޖިލިސް މެންބަރުންނަށް އިންޞާފު ލިބި އަދި މިހާރުވެސް ޖަލުގަ ނުޙައްޤުން އަނިޔާ ލިބެމުންދާ ފަރާތްތަކަށް އިންޞާފު ކަށަވަރުކޮށް ދެއްވުމަށް މުއައްސަސާތަކަށް ގޮވާލަން."




Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް