އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ މާލީ ބަޔާން ހުށަހެޅުމަށް އިތުރު ފުރުސަތު ދީފައިވާކަމަށް ތަރުޖަމާނު ވިދާޅުވިވާހަކަ އޮޑިޓް އޮފީހުން ދޮގުކޮށްފި

ރައީސް ޔާމީންގެ މާލީ ބަޔާން ހުށަހެޅުމަށް އިތުރު ފުރުސަތު ދީފައިވާކަމަށް ތަރުޖަމާނު ވިދާޅުވިވާހަކަ އޮޑިޓް އޮފީހުން ދޮގުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ރައީސް އަބްދުﷲ ޔާމީންގެ ފަހުއަހަރު ހިމަނައިގެން ދައުރު ހުސްވުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައި ވާހަކަ އޮޑިޓް އޮފީހުން ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ''ރިޔާސީ ފަހުއަހަރު ހިމަނައިގެން ދައުރު ހުސްވުމުގެ ކުރިން (ރައީސްގެ) މާލީ ބަޔާން ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވާފައިވާ ސިޓީއެއް މީގެ ދެތިން ދުވަސް ކުރިން ރައީސް އޮފީހަށް އޮޑިޓާ ޖެނެރަލް ވަނީ ފޮނުވާފަ - މާލީ ބަޔާން ގަވާއިދުން ހުށަނާޅުއްވާ ރައީސުން ތިއްބެވި ކަމާއި އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން މިފުރުސަތުގައި ފާހަގަ ކުރަން - ރައީސްގެ މާލީ ބަޔާނާ ގުޅޭ އެންމެހައި މަޝްވަރާތައް އޮޑިޓާ ޖެނެރަލްގެ ލަފަޔާ އެއްކޮށް ވަނީ ކުރެވިފައި'' ކަމަށެވެ.

މިކަމާ ގުޅިގެން އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނި މާލީ ބަޔާން އޮޑިޓަ ޖެނެރަލަށް ހުށަހެޅުމަށް ގާނޫނުއަސާސީގައި ނުވަތަ ގާނޫގައި ކަނޑައަޅާފައި އޮންނަ ވަގުތު ނުވަތަ މުއްދަތަށް ބަދަލު ގެނެސް، އެ މުއްދަތު ކުރުކޮށް، ނުވަތަ ދިގު ކޮށްދިނުމަކީ އޮޑިޓަ ޖެނެރަލް ގާނޫނުން ލިބޭ ބާރެއް ނޫން ކަމަށެވެ.

އަދި އޮޑިޓަ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަމުންދާ ގޮތާ ބެހޭ ގޮތުން ގާނޫނީ ބާރު ލިބިގެންވާ ތަހުގީގީ އިދާރާއެއް ފިޔަވައި އެހެން އެއްވެސް މީހަކާއެކު އޮޑިޓަ ޖެނެރަލްގެ އޮފީހުން މައުލޫމާތުތައް ހިއްސާކޮށްފައި ނުވާނެކަމަށްވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު