އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޮނާލީ އެނބުރި މަސައްކަތަށް ނުކުންނަނީ!

ސޮނާލީ އެނބުރި މަސައްކަތަށް ނުކުންނަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ސޮނާލީ އެނބުރި ފިލުމީ މަސައްކަތަށް ނުކުންނާނެ ކަމުގެ އިޝާރާތެއް ވެއްޖެއެވެ.

ސޮނާލީ ނިއުޔޯކުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ މަސްތަކެއް ފާއިތުވެ ގޮސްފައި ވާއިރު، އޭނާ ދިޔައީ އިހުސާސްތަކާއި ހާލަތު މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.

ބޮލީވުޑްގެ ފަންނާނުންނާއި ގާތq ރައްޓެހިން ބަރާބަރަށް އޭނާ އަށް ޒިޔާރަތް ކުރަމުން ދިޔައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުން، އެންމެ ފަހުން އޭނާ އަށް ޒިޔާރަތްކޮށްފައި ވަނީ ކުރީގެ ތަރި ނަމްރަތާ ޝިރޯދްކަރް އެވެ. މީޑިއާއަށް ބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރަމުން ނަމްރަތާ ބުނިގޮތުގައި ސޮނާލީގެ ބަލި މިހަރު އަންނަނީ ރަނގަޅު ވަމުންނެވެ. އަދި މަސައްކަތަށް އެނބުރި އަންނާނެ ކަމަށްވެސް ނަމްރަތާ ބުނެފައިވެއެވެ.

މި ހަބަރާއެކު ގިނަ ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް