އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ ރައީސް ކަމުގެ ވޯޓުގައި ޤާސިމް އިބްރާހީމް 62 ވޯޓު ހޯއްދަވައި 44 ވޯޓުން އަދުރޭ ބަލިކުރައްވައިފި

މަޖިލީހުގެ ރައީސް ކަމުގެ ވޯޓުގައި ޤާސިމް އިބްރާހީމް 62 ވޯޓު ހޯއްދަވައި 44 ވޯޓުން އަދުރޭ ބަލިކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ރައްޔިތުންގެ މްޖިލީހުގެ ރައީސްކު އިންތިޚާބުކުރަން މިރޭ މަޖިލީހުގައި ނެގި ވޯޓުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް 62 ވޯޓު ހޯއްދަވައި 46 ވޯޓުން އަދުރޭ ބަލިކުރައްވައިފިއެވެ. އަދުރޭއަށް ލިބިފައިވަނީ އެންމެ 16 ވޯޓެވެ. ބާޠިލު 2 ވޯޓު އޮތެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ނަންފުޅު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އެވެ. މަޖިލީހުގެ ރިޔާސަތުން މަބީޙް ވަކިކުރުމަށްފަހު އެމަޤާމަށް އިސްކުރާނީ ޤާސިމް އިބްރާހީމްކަން އިއުލާނުކުރެއވީވެސް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲގެ ނަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްއެވެ. ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްއެވެ.

ވޯޓުގެ ކަންކަން ބެލެހެއްޓުމަށް، ވޯޓު ގުނުމަށް ހޮވި 5 މެންބަރުންގެ ކޮމިޓީ ގައި ހިމެނިވަޑައިގަތީ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢްރޫފް، އަދި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް އެވެ.

ޤާސިމް އިބްރާހީމް އަކީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ޤާބިލު ބޭފުޅެއްކަމަސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާއިރު ޤާސިމް އިބްރާހީމް އަކީ ފެހި ޤާނޫނު އަސާސީ ވުޖޫދަށް ގެނައި ޚާއްޞަ މަޖިލީހުގެ ރައީސް ވެސްމެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އަމާނާތްތެރިކަމާއިއެކު އެމްއެމްއޭގެ ގަވަރުނަރުކަމާއި މާލީ ވަޒީރު ކަމާއި ދާޚިލީ ވަޒީރުކަންވެސް ކުރައްވައިފައެވެ.

އަދުރޭ ވަނީ އޭނާއަށް މަޖިލީހުގެ ރައީސްކަން ލިބިއްޖެނަމަ މެންބަރުންގެ މުސާރަ މަހަކު 150،000 ރުފިޔާއަށް ބޮޑުކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެ މެންބަރުންނަށް ނުސީދާކޮށް "ރިޝްވަތު" ވެސް ހުށަހަޅައިފައެވެ. އަދި މިނޫންވެސް ބައެއް ކަންކަން ވަނީ ހުށަހަޅައިފައެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ހުސްވީ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ މަޞީޙް މަޤާމުން ދުރުކުރުމަށްޓަކައި 3 ވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުމުން އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މިރޭގެ ޖަލްސާއަށް ތާވަލުކުރުމުން ގޮތް ހުސްވެ މިއަދު މެންދުރު ފަހު މަޤާމުން އިސްތިއުފާ ދިނުމުންނެވެ.

ހުރިހާ ޙަމްދާއި ޝުކުރެއް ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ﷲ ތަޢާލާއަށެވެ. ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން ބަލިވުމުން މަޖީލުހުގެ ތެރެއަށް އަލުން ވަދެ ގަނެ މަޖިލީހަށް އަތްގަދަ ކުރަން ޕީޕީއެމުން ކުރި މަސައްކަތް ވެސް ﷲ ތަޢާލާ މިވަނީ މިވަނީ ބޮޑުތަނުން ބަލިކުރައްވަވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް