އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝިދާތާއަކީ އިޞްލާޙީ ޙަރަކާތުގެ އެއް ތަނބު - މިރާއްޖެ ފަޚުރުވެރިވާނެ ކަނބަލެއް: ޝައިޚް އިމްރާން

ޝިދާތާއަކީ އިޞްލާޙީ ޙަރަކާތުގެ އެއް ތަނބު - މިރާއްޖެ ފަޚުރުވެރިވާނެ ކަނބަލެއް: ޝައިޚް އިމްރާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޝިދާތާ ޝަރީފަކީ އިޞްލާޙީ ޙަރަކާތުގެ އެއް ތަނބު ކަމަށާއި މިރާއްޖެ ފަޚުރުވެރިވާނެ ކަނބަލެއް ކަމަށް އަދި ރާއްޖޭގެ އެތެރެއާއި ބޭރުގައި ޝިދާތާ ކުރައްވަނީ ނަމޫނާ މަސައްކަތެއް ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޝިދާތާއަށް ތަޢްރީފް ކުރައްވައިފިއެވެ.

 

ޝައިޚް އިމްރާން ވިދާޅުވީ 2015 ވަނަ އަހަރުގެ މޭޑޭގައި ޝިދާތާ ޝަރީފް ވިދާޅުވީ ޝައިޚް އިމްރާނު އެނބުރި ވަޑައިގަންނަވަންދެން މަގުމަތީގައި ހުންނަވާނެ ކަމަށް ކަމަށާއި އެ ވައުދު ޝިދާތާ ވަނީ ރަނގަޅަށް ފުއްދަވާފައި ކަމަށާއި އެކަމަށްޓަކައި އަދި ޝިދާތާ ކުރައްވާ އިޞްލާހީ މަސައްކަތްތަކަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

 

"މޭޑޭގަ ޝިދާތާ ޝަރީފް ވިދާޅުވީ އަޅުގަނޑު އެނބުރި އަންނަންދެން ތިމަންނަ މަގުމަތީގަ ހުންނާނަމޭ. އެ ވައުދު ރަނގަޅަށް ފުއްދަވައިފި. ތިއައީ އިޞްލާޙީ ޙަރަކާތުގެ އެއް ތަނބު. ތިއީ މިރާއްޖެ ފަޚުރުވެރިވާނެ ކަނބަލެއް. ރާއްޖޭގެ އެތެރެއާ ބޭރުގަ ތިކުރައްވަނީ ނަމޫނާ މަސައްކަތެއް. ޝުކުރިއްޔާ!."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް