އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ކަމުގައި ހުރެ 3 ކަފުނުން ބަނދެވުނު ހަމައެކަނި ރައީސަކީ ރައީސް ޔާމީން: ޢަލީ ޙުސައިން

ރައީސް ކަމުގައި ހުރެ 3 ކަފުނުން ބަނދެވުނު ހަމައެކަނި ރައީސަކީ ރައީސް ޔާމީން: ޢަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ރާއްޖޭގެ ރައީސް ކަމުގައި ހުންނަވަނިކޮށް "3 ކަފުނުން ބަނދެވުނު" ހަމައެކަނި ރައީސަކީ ރައީސް ޔާމީން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

 

ޢަލީ ޙުސައިންގެ ބަސްފުޅަށް އިތުރު ތަފްޞީލު ދެއްވަވާފައެއް ނުވެއެވެ. ނަމަވެސް ބެލެވެނީ ދައުލަތުގެ 3 ބާރުގެ މައްޗަށް ރައީސް ޔާމީނު ފޯރުއްވަމުން ގެންދެވި ޚުދުމުޚުތާރު ބާރާއި ނުފޫޒުތައް، އެމަނިކުފާނު ވެރިކަމުގައި ހުންނަވަނިކޮށް ނިމުކަށް އައުން ކަމަށެވެ.

 

ރާއްޖޭގެ ކޯޓުތަކުން ރައީސް ޔާމީނު ބޭނުންފުޅުވާ ގޮތްތަކަށް ޙުކުމްތައް ނެރުއްވަމުން ގެންދެވި ގެންދެވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އެންމެ ބޮޑަށް ހިޞޯރު ކުރައްވައިގެން އުޅުއްވި ރައްޔިތުންގެ މަޖިލިސް މިހާރު ވަނީ ރައީސް ޔާމީނު ކަސްތޮޅުން ނެއްޓި އަދި ރައީސް ޔާމީނުގެ ސައިޒަކީ 85 މެނަބަރުންގެ ތެރެއިން ބޮޑު ސޯޅަ ކަމަށްވެ އެންމެ 16 މެންބަރުންނަށް ވެފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް