އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ޝަހީމްގެ ޖަވާބު ފޮޓޯއަކުން: ދޫނި އިށީނދެ އިންނަ ގޮފިގަޑަކަށް އިތުބާރެއް ނުކުރާނެ- އިތުބާރުކުރާނީ އަމިއްލަ ދެފިޔައަށް!: ޑރ. ޝަހީމް

ޑރ. ޝަހީމްގެ ޖަވާބު ފޮޓޯއަކުން: ދޫނި އިށީނދެ އިންނަ ގޮފިގަޑަކަށް އިތުބާރެއް ނުކުރާނެ- އިތުބާރުކުރާނީ އަމިއްލަ ދެފިޔައަށް!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ޑރ. ޝަހީމްގެ ޖަވާބު ފޮޓޯއަކުން: ދޫނި އިށީނދެ އިންނަ ގޮފިގަޑަކަށް އިތުބާރެއް ނުކުރާނެ- އިތުބާރުކުރާނީ އަމިއްލަ ދެފިޔަ އަށް!: ޑރ. ޝަހީމް

 

ސަރުކާރު ބަދަލުވުމުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަމުގެ މަޤާމު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ގެއްލިވަޑައިގަންނަވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާތީ އެފަދަ ފަރާތްތަކަށް ޑރ. ޝަހީމް ފޮޓޯއަކުން ޖަވާބު ދެއްވައިފިއެވެ. ޑރ. ޝަހީމްގެ ފޭސްބުކް ޕޭޖްގައި ޝާއިއުކުރައްވާފައިވާ ފޮޓޯއެއްގައިވާ ލިޔުމުގައި ބުނެފައިވަނީ ގަހެއްގެ ގޮފިގަނޑެއްގައި އިށީނދެ އިންނަ ދޫނި އެއްވެސް ޙާލެއްގައި އެ ގޮފިގަނޑު ބިންދައިގެން ވެއްޓިދާނެތީ ބިރު ނުގަންނާނެ ކަމަށެވެ.

 

އެއީ ދޫނި އިތުބާރުކުރަނީ ގޮފިގަނޑަށް ނޫންކަމަށްވެފައި އިތުބާރު ކުރާނީ އަމިއްލަ ދެފިޔައަށް ކަމަށްވުމުން ކަމަށެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ރަނިން މޭޓްކަން ޤަބޫލުފުޅު ކުރައްވައި ޑރ. ޝަހީމް ވަނީ އެންމެ ފހުވަގުތާއި ހަމައަށްވެސް ވަރަށް ވަރުގަދައަށް ކެންޕޭނު ކުރައްވައިފައެވެ. އެއިރު ބަދަލުކުރެވުނު ވަރުގަދަ "ހަމަލާ" ތަކުގެ ސަބަބުން ޑރ. ޝަހީމް ކުރިން އުޅުއްވި އަދާލަތު ޕާޓީގެ ބޭފުޅުންނާއި ވަނީ ވަރަށް ބޮޑަށް މައްސަލަތައް ކުރިމަތުވެފައެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ރޭ ވިދާޅުވީ ޑރ. ޝަހީމް އަކީ ވަރަށް ކުރިންސުރެ އެންމެ ގާތް ރަހްމަތްތެރިޔާ ކަމަށާއި ނަމަވެސް ދެން ސިޔާސީ ގޮތުން އެކުގައި ކުރިއަށް ވަޑައިގަންނަވަން ދަތިތަކެއް އެބަހުރި ކަމަށެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު