އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޖީއެމްއެޗް އަށް 20 ޑޮކްޓަރުން ބޭނުންވެގެން އިއުލާން ކޮށްފި

އައިޖީއެމްއެޗް އަށް 20 ޑޮކްޓަރުން ބޭނުންވެގެން އިއުލާން ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

މާލޭގައި ހުންނަ ހަމައެކަނި ސަރުކާރު ހޮސްޕިޓަލު ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް 20 ޑޮކްޓަރުން ބޭނުންވެގެން އިއުލާން ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމަގާމަށް ޝައުޤުވެރިކަން ހުރި އަދި އެކަމަށް ގާބިލު ފަރާތްތަކަށް، އެމަގާމަށް ކުރިމަތިލެއްވޭނެ ކަމަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި އައިޖީއެމްއެޗް ގައި ވަޒީފާ އަދާ ކުރަން ޖެހޭއިރު މުސާރައިގެ ގޮތުގައި މަހަކު 15090 ރުފިޔާ ލިބޭނެއެވެ. އަދި ސާވިސް އެލަވަންސެއްގެ ގޮތުގައި 6150 ރުފިޔާ ދޭނެ ކަމަށް ވެސް އެހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ދަންފަޅި އުސޫލުން މަސައްކަތް ކުރައްވާނަމަ ސިވިލް ސާވިސް ގަވާއިދުވގައިވާ ގޮތުގެ މަތިން ފައިސާ ލިބޭނެ ކަމަށް ވެސް އެހޮސްޕިޓަލުން ބުނެފައިވެއެވެ.

އެމަގާމަށް ކުރިމަތިލާ ފަރާތްތަކަކީ މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ބޭސިލް މެޑިކަލްް ޑިގްރީއެއް ހާސިލް ކޮށްފައިވުމާއެކު، އެކައުންސިލުން ގަބޫލުކުރާ ޓީޗިން ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށްވުމާއެކު މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރެޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ވެސް ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އައިޖީއެމްއެޗުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗުން އިއުލާނު ކޮށްފައިވާ މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުމުގެ ސުންގަޑިއަކީ މިހިނގާ ނޮވެމްބަރ މަހުގެ 14 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30 އެވެ. އެތަކެތި ހުށަހަޅަން ޖެހެނީ އެހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ