އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީ ކޮންސިޔުލޭޓުގައި މަރާލާފައިވާ ނޫސްވެރިޔާ ޚަޝޯޤީގެ ދަރިންވެސް ބޭނުންވަނީ ހަށިގަނޑު - މިފަހަރު ދޭނީ ކޮން ޖަވާބެއްބާ!

ސައުދީ ކޮންސިޔުލޭޓުގައި މަރާލާފައިވާ ނޫސްވެރިޔާ ޚަޝޯޤީގެ ދަރިންވެސް ބޭނުންވަނީ ހަށިގަނޑު - މިފަހަރު ދޭނީ ކޮން ޖަވާބެއްބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ތުރުކީގައި ހުންނަ ސައުދީ ކޮންސިޔުލޭޓުގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ކަޝޯޤީގެ ދެ ދަރިންވެސް ބޭނުންވަނީ ބައްޕަގެ ހަށިގަނޑު ކަމަށް ބުނެފިއެވެ.

 

ޚަޝޯޤީގެ 2 ދަރިން ކަމަށްވާ ޞަލާހް އައި ޢަބްދުﷲ ބައްޕަގެ ހަށިގަނޑަށް އެދިފައިވަނީ ސައުދީ ރަސްގެފާނާއި އަދި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި ރަސްގެފާނުގެ ގަނޑުވަރުގައި ބައްދަލުކުރުމަށްފަހު އެމެރިކާއަށް ގޮސް ސީއެންއެންއަށް މައުލޫމާތު ދެމުންނެވެ.

 

ދެ ދަރިންވެސް ބުނެފައިވަނީ ބައްޕަގެ ހަށިގަނޑު މަދީނާ އަށް ގެންގޮސް ޢާއިލާގެ އެހެން މީހުންވެސް ވަޅުލާފައިވާ ސަހަރާގައި ވަޅުލަން ބޭނުންވާ ކަމަށެވެ. އަދި ބައްޕަ މަރުވެއްޖެކަން އަދިވެސް ޔަޤީން ނުކުރެވޭ ކަމަށެވެ.

 

މީގެ ކުރިންވެސް ޚަޝޯޤީގެ ޢާއިލާއިން ވަނީ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އަދި ހަށިގަނޑު ހަވާލުކުރުމަށް ވެސް ގޮވާލައިފައެވެ.

 

ޚަޝޯޤީގެ ދެ ދަރިންނަށް ސައުދީ ސަރުކާރުން މިފަހަރު ދޭނީ ކޮން ޖަވާބެއް ކަމެއް އަދި ނުއެނގެއެވެ! ކޮންސިލޭޓުގައި ހިނގި ޒުވާބެއްގައި މަރުވި މީހެއްގެ ހަށިގަނޑު ނުދައްކަން ސައުދި ސަރުކާރުން ކުރާ މަސައްކަތުގެ ހަޤީޤަތް އަދިވެސް އޮތީ ބޮޑު "އޮޅުންބޮޅުން" ތަކެއްގެ ތެރޭގައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު