އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީ އދލ ގަ ޖަހާ ފިލި މިހާރު ތަފާތު ކުރި ނަމަވެސް މިފްކޯ ބަނގުރޫޓު ވުމުން ސަލާމަތް ކުރެވޭނެ: ތަޖުރިބާ

އެމްޑީ އދލ ގަ ޖަހާ ފިލި މިހާރު ތަފާތު ކުރި ނަމަވެސް މިފްކޯ ބަނގުރޫޓު ވުމުން ސަލާމަތް ކުރެވޭނެ: ތަޖުރިބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

މިއަދު އެންމެ ގިނަ ބައަކު ދައްކާ އެއްވާހަކައަކީ މިފްކޯ ބަނގުރޫޓުވެ 600 މިލިއަން ރުފިޔާއަށް ދަރަނި އެރި ވާހަކައެވެ. މަސްވެރިން އަތުން ބާނާ މަސްކޮޅުގެ އަގު ނުދެވި މިހާރުވެސް 10 ވަރަކަށް މިލިއަން ރުފިޔާ އޮތް ވާހަކައެވެ.

 

އެމީހަކު ބޭނުން ގޮތަކަށް ވާހަކަ ދެއްކި ދާނެއެވެ. ކޮންމެ ގޮތަކަށް ސަބަބުތައް ދެއްކި ވެސް ދާނެއެވެ. ތަޖުރިބާއަށް ބަލާއިރު ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެމްޑީގެ ނަމުގެ 3 އަކުރު ކަމަށްވާ އދލ ގައި ފިލި ޖަހާ ގޮތް ބަދަލު ކުރުމެވެ. ޢަދުލީ ގެ ބަދަލުގައި ޢާދިލަކަށްވުމެވެ. ނަމުގެ ފަހުބައި އިސްމާޢީލަކުން ސަލީމަކަށް ބަދަލުކުރުމެވެ.

 

މިކަމަށްވެސް ވާހަކަ ދެއްކި ދާނެއެވެ. އެމީހަކު ބޭނުން ގޮތަކަށެވެ. ނަމަވެސް ފެނިފައިވާ ހަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. ކެޔޮޅު ޢާދިލުގެ މޭސްތުރިކަމުގައި ރާއްޖޭގައި ބާނާމަހަށް ރަނގަޅު އަގު ހޯދަން ވެލިޔުއެޑް ކުރަން އިންތިޒާރުކުރާކަށް ނުޖެހެއެވެ. ބާނާ ވަރަކަށް ގެންދިއައީ އެކަން ކުރަމުންނެވެ. ބޮޑު ފައިދާ ހޯދަމުންނެވެ.

 

މަސްވެރިންނަށް އަގު ނުދެވިގެން ޝަކުވާ ކުރާކަށް ނުޖެހެއެވެ. ފައިދާއިން ގެންދިއައީ ސަރުކާރަށް ބައި އަޅައި ސަރުކާރުވެސް މުއްސަނދިކޮށްދެމުންނެވެ.

 

ޢާދިލަކީ ރައީސް ނަޝީދާއި ކިތަންމެ އަރިސް ބޭފުޅެއް ނަމަވެސް އުޅުއްވީ ރައީސް ނަޝީދުގެ ފަސްބައިގައި އެލި ނުނެއްޓެވިގެނެއް ނޫނެވެ. ހެނދުނުންސުރެ އިންނެވީ އޮފީހުގައެވެ. އުޅުއްވީ އަމަލީ ގޮތުން ކުންފުނީގެ މަސައްކަތުގައެވެ. ވަޒީފާ މިދެވެނީ ކޮން ފިކުރެއްގެ މީޙަކަށްކަން ބައްލަވަން ވަގުތު ބޭކާރެއް ނުކުރައްވައެވެ. ޕީޕީއެމް ފިކުރުގެ މީހަކު ވަޒިފާގައި ހުރިނަމަ އެމީހަކު މަޤާމުން ދުރު ނުކުރެއްވިގެނެއްވެސް ނުއުޅުއްވައެވެ.

 

މިކަންކަމުގެ ނަތީޖާއަކަށްވީ ސަރުކާރަށް ދައްކަން ނުޖެހޭ ފައިސާ ދެއްކުމުގެ ޤާބިލުކަން ކުންފުންޏަށް ލިބުމެވެ. އެކަމުގެ ފައިދާ ސަރުކާރަށް ކުރުމެވެ.

 

މިއީ އަލަށް ކުރަންޖެހޭ ތަޖުރިބާތަކެއް ނޫނެވެ. ދިވެހި މަސްވެރިންނާއި ރައްޔިތުން އަދި ސަރުކާރު ކޮށް ނިންމާފައިވާ ތަޖުރިބާ ތަކެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް