އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެން ދަރިން އުކަމުންދާއިރު އަންހެން ދަރިއަކު ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމަކީ ނަރަކައާއި ދެމެދު ލެވޭ ފާރެއްކަން އެނގޭތަ!: ވައްހާޖް ޠަރިން

އަންހެން ދަރިން އުކަމުންދާއިރު އަންހެން ދަރިއަކު ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމަކީ ނަރަކައާއި ދެމެދު ލެވޭ ފާރެއްކަން އެނގޭތަ!: ވައްހާޖް ޠަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

އަންހެންދަރިއަކު ލިބުމަކީ އުފަލެއް ކަމަށް ބަދަލުކޮށްލި ދީނަކީ އިސްލާމް ދީނެވެ. ފިރިހެން ދަރިންނަށްވުރެ އަންހެން ދަރިން ލިބެން ބޭނުންވުމަށް ޝައުޤުވެރި ކުރުވީ އިސްލާމް ދީނެވެ.

 

"3 އަންހެން ދަރިން ލިބި، އެކުދިން ބޮޑުވެ ތަޝައްރަފް ފުދި ކައިވެނިކޮށް ތިބާގެ ބެލެނިވެރިކަމުން ވީއްލެންދެން ތިބާގެ ގޭގައި ރަނގަޅު ގޮތުގައި ބަލައި ބޮޑުކޮށް، ކިޔަވައިދީ ތަރުބިއްޔަތުކޮށްފި ނަމަ އެމީހަކު ސުވަރުގޭގައި ވާނީ ތިމަން ރަސޫލާ އާއި މިހައި ގާތުގައިކަން ބަޔާން ކުރައްވަން ރަސޫލް (ޞޢވ) ވަނީ އެކަލޭގެފާނުގެ އަތްތިލަފުޅުގެ އިނގިލިފުޅުތަކުން ދައްކަވައިފައެވެ."

 

ރަސޫލް (ޞޢވ) މިފަދައިން ބަޔާން ކުރެއްވެވުމުން ޞަޙާބީއަކު ދެންނެވީ އެބޭކަލެއްގެ ތިއްބެވީ 2 ދަރިކަނބަލުން ކަމަށާއި އެހެންކަމުން އެބޭކަލަކަށް އޮތީ ކޮން ގޮތެއްތޯއެވެ. ޖަވާބުގައި ރަސޫލް (ޞޢވ) ބަޔާންކޮށް ދެއްވެވީ ހަމަ ކުރިންވެސް ބަޔާންކޮށްދެއްވެވި ފަދައިންނެވެ.

 

ބައެއް ޞަޙާބީން ވިދާޅުވީ އެންމެ ދަރިކަނބަލަކު ލިބިވަޑައިގެންފައިވާ މީހާ އާއިމެދު ސުވާލު ދެންނެވި ނަމަވެސް ހަމަ އެފަދައިން ޖަވާބު ދެއްވަވާނެ ކަމަށް ޤަބޫލުފުޅު ކުރައްވަވާ ކަމަށެވެ.

 

ހަމައެއާއިއެކު އިތުރު ޙަދީޘްފުޅެއްގައި ވަނީ "އަންހެން ދަރިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކޮށް ތަރުބިއްޔަތުކޮށްފިނަމަ އެކަމަކީ އެމީހާ އާއި ނަރަކައިގެ އަލިފާނާއި ދެމެދުގައި ލެވޭ ހުރަހެއް، ނުވަތަ ނަރަކައިގެ އަލިފާނުން ސަލާމަތްކޮށްދޭނެ ކަމެއް" ކަމަށެވެ.

 

ނިކަން އަމިއްލައަށް ވިސްނައިބަލާށެވެ. އަންހެން ދަރިން ލިބުމުން މިއަދު ތަރުބިއްޔަތު ތިއަ ކުރަނީ ޙަދީޘްފުޅުތަކުގައި ހުރި ފަދައިން އިސްލާމީ ރިވެތި އަޚްލާޤާއި ރިވެތި ސިފަތަކުގެ މަތީގައި ހެއްޔެވެ؟ އެކުދިންނަށް ދެމުން ތިއަ ގެންދަނީ އިސްލާމީ ތަރުބިއްޔަތު ހެއްޔެވެ؟ ކިޔަވައި ދެވެނީ އިސްލާމް ދީން ހެއްޔެވެ؟ އެންމެ ކުޑަމިނުން އެކުދިންނަށް ދޭންޖެހޭ ސަމާލުކަން ދެމުހެއްޔެވެ؟ އެކުދިންގެ ބޭނުންތައް ފުއްދައިދެމު ހެއްޔެވެ؟

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަމެއް ﷲ ތަޢާލާ އެނގެވި ގޮތަށް  ކުރުމުން މަތިވެރި ސަވާބާއި ދަރުމަ ލިބޭނެއިރު އެކަން އެގޮތަށް ނުކުރުމުން މެދުވެރިވެދާނެ ކަންތައްތަކަށް ބިރުވެތިވުމަކީވެސް މުހިންމު ކަމެކެވެ.

 

ވައްހާޖް ތަރިންގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް