އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގަޔަށް ބާރު ގަމީސް، ޓީޝާޓު ލައިގެން ނަމާދެއް ނުކުރެވޭނެ - އެކަމަށް ސަމާލުވާން ޖެހޭނެ: ޑރ. އިޔާޟް

ގަޔަށް ބާރު ގަމީސް، ޓީޝާޓު ލައިގެން ނަމާދެއް ނުކުރެވޭނެ - އެކަމަށް ސަމާލުވާން ޖެހޭނެ: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

އަނބިމީހާއަށް ރީތީ ގައަށް ބާރު ގަމީހާއި ޓީޝާޓް ލުން ކަމަށްވާނަމަ އަނބިންނަށް ފެންނަ ހިސާބުގައި އެފަދަ ތަކެތި ލައިގެން އުޅުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެހެން މީހުންނަށް ފެންނަ ހިސާބުގައި އެގޮތަށް ގަމީސް، ޓީޝާޓް ލައިގެން އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. ވަކިން ޚާއްޞަ ގޮތެއްގައި އެފަދަ ގަމީސް، ޓީޝާޓު ލައިގެން ނަމާދެއްވެސް ނުކުރެވޭނެތީ އެކަމަށްވެސް ސަމާލުވާން ޖެހެއެވެ.

 

ޑރ. މުޙައްމަދު އިޔާޟް އަބްދުއްލަޠީފް މިފަދައިން ވިދާޅުވެފައިވަނީ "ފިރިހެނުން ގައަށް ބާރު ޓީޝާޓު، ގަމީސް ލުމަކީ ކޮން ކަހަލަ ކަމެއްތޯ؟ މިހެން ހަދަނީ ބައެއް އަނބިންނަށް ރީތި ކަމުން ކަމަށް ބުނަނީ. މިކަމުގައި ދީނުގައި އޮތް ގޮތަކީ ކޮބައިތޯ؟" ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

 

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ފިރިހެނުންވެސް ނަމާދުކުރަންވާނީ ގައަށް ދޫ ފޭރާން ލައިގެންނެވެ. ރުކޫޢަށް ދިއުމުން ފޫކޮޅުގެ މަސްގަނޑު ދެފަޅި ވަކިން ފެންނަވަރުގެ ގައަށް ބާރު އަދި ކުރު ފޭރާން ލައިގެން ނަމާދުކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

 

މިކަންކަމަކީ ނުއެނގި ތިބެ ނަމަވެސް ކުރެވެމުންދާ އަދި އިޞްލާޙްކުރަން ޖެހިފައިވާ ކަންކަން ކަމުގައި ފާހަގަކުރަންޖެހެއެވެ. ނަމާދު ނަމާދަކަށް ވާނީ އޮންނަ ރަނގަޅު ގޮތުގައި ނަމާދުކުރުމުން ކަމަށްވާތީއެވެ.   

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް