އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީދޫ އަލް މަރްޙޫމާ ޞަފިއްޔާ މުޙައްމަދުގެ ހަނދާނީ 3 ވަނަ ބަށި މުބާރާތް ފަށަނީ

މީދޫ އަލް މަރްޙޫމާ ޞަފިއްޔާ މުޙައްމަދުގެ ހަނދާނީ 3 ވަނަ ބަށި މުބާރާތް ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

4 ޓީމުން 48 ކުޅުންތެރިންނާއެކު މީދޫ އަލް މަރްޙޫމާ ޞަފިއްޔާ މުޙައްމަދުގެ ހަނދާނީ  3 ވަނަ ބަށި މުބާރާތް ފަށަން ނިންމައިފިއެވެ.

 

މިއީ އަލް މަރްޙޫމާ ޞަފިއްޔާ މުޙައްމަދުގެ ޢާއިލާއާއި މީދޫ ޖަމިއްޔަތުއް ސަލާޙް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

 

މި މުބާރާތާއިބެހޭ ގޮތުން ޢާއިލާއިން ބުނީ މިއަހަރުގެ މުބާރާތުގައި 4 ޓީމު ވާދަކުރާ ކަމަށެވެ. އަދި މި 4 ޓީމުގައި ޖުމްލަ 48 ކުޅުންތެރިން ހިމެނޭ ކަމަށެވެ.

 

މީދޫ ޖަމިއްޔަތުއް ސަލާހްގެ ބަށި ކޯޓު މުބާރާތް ކުރިއަށްދާ އިރު، މާދަމާ ބާއްވާ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ހަވީރު 16:15 ގައެވެ. އަދި މި ރަސްމިއްޔާތަށް ގިނަ ފަރާތްތަކަކަށް ދަޢުވަތުދީފައިވާނެ ކަމަށާއި އޭގެ ތެރޭގައި ކުރީގެ ބަށި ކުޅުންތެރިންވެސް ހިމެނޭ ކަމަށް ޢާއިލާއިން ބުންޏެވެ.

 

މި މުބާރާތް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިއަހަރު ބައިވެރިވެފައިވަނީ ފަތްމިނި، ރެހެނދި، ގޮމަ އަދި ރިލެކްސް ޓީމެވެ.

 

މަރްޙޫމާ ޞަފިއްޔާ މުޙައްމަދަކީ މީދޫއަށް އިޖުތިމާޢީ ގޮތުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. 

 

ޢާއިލާއިން ބުނީ މަރްޙޫމާ ޞަފިއްޔާ މުޙައްމަދުގެ ޚިދުމަތުގެ އަގު ޖަމިއްޔަތުއް ސަލާޙް އިން އަބަދުވެސް ފާހަގަ ކުރަމުން އަންނަ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް