އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ މެޗު ރިލެކްސް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ފުރަތަމަ މެޗު ރިލެކްސް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 53 ސިކުންތު

އަލް މަރްޙޫމް ޞަފިއްޔާ މުޙައްމަދުގެ ހަނދާނީ ބަށި މުބާރާތުގެ ފުރަތަމަ މެޗު ރިލެކްސް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރ. މީދޫ ރަތްދަޅަގޭ އަލް މަރްޙޫމް ޞަފިއްޔާ މުޙައްމަދުގެ ޢާއިލާ އާއި މީދޫ ޖަމިއްޔަތުއް ސަލާޙް (އެމްޖޭއެސް) ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ މެޗު ރިލެކްސް ޓީމުން ކާމިޔާބުކުރީ ރެހެނދި ޓީމާއި ވާދަކޮށްގެންނެވެ.

މިއަދުގެ މެޗުގައި ރިލެކްސް ޓީމުން 20 ލަނޑު 9 ފޯލި ވަނީ ހަދާފައެވެ. އަދި ރެހެނދި ޓީމަށް ހެދުނީ 7 ލަނޑު 11 ފޯއްޔެވެ.

މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަޤާމަށް ހޮވުނީ މި މެޗުގައި 88 ބޯޅަ ސައިކޮށް، 17 ބޯޅަ ހިފާ، 8 ލަނޑު ޓީމަށް ހަދައިދިން ރިލެކްސް ޓީމުގެ ކެޕްޓަން ޖާރޒީ ނަމްބަރު 12 ނަތީފާ މުޙައްމަދެވެ. 

މިއަދުގެ މެޗުގައި ރެހެނދި ޓީމުގެ އައިމިނަތު އަޙްމަދު  36 ބޯޅަ ސައިކޮށް، 22 ބޯޅަ ހިފާފައިވާ އިރު، ޒިޔާދާ ވަނީ 27 ބޯޅަ ސައިކޮށް، 3 ލަނޑު ހަދާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް