އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިގޮތަށް އަމަލުކޮށްފައި ހަޔާތަށް ކުރިއެރުން ނުލިބުނު ނަމަ ބުނާށެވެ! މިހައިތަނަށް އަމަލުކުރި އެންމެންވެސް ބުނީ ނަތިޖާ ފެނުނު ކަމަށެވެ!: މުފްތީ މެންކް

މިގޮތަށް އަމަލުކޮށްފައި ހަޔާތަށް ކުރިއެރުން ނުލިބުނު ނަމަ ބުނާށެވެ! މިހައިތަނަށް އަމަލުކުރި އެންމެންވެސް ބުނީ ނަތިޖާ ފެނުނު ކަމަށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ފުރަތަމަ ކަމަކަށް އަވަސް އަރުވާލައިގެން ތެޅި ފޮޅެ ނުގަނެ ފަތިސް ނަމާދަށް ދެވޭހައި ވަގުތު އޮއްވައި ނިދީން ހޭލައިގެން މިސްކިތަށްދާށެވެ. ނިދިން ހޭލެވުމާއިއެކު ޛިކުރު ކުރަން ހަނދާން ބަހައްޓާށެވެ. އެއަށްފަހު ފެނަވަރައި ރީތިވެ ނަލަހެދިގެން މިސްކިތަށްދާށެވެ.

ދުވަސް ފެށުމަށް ތިބާ ފުރަތަމަ ކުރާ ކަމަކީ ﷲ ތަޢާލާއަށް ސަޖިދަކުރުން ކަމަށް ހަދާށެވެ. މާނައަކީ ވަގުތު އޮތްނަމަ މަސްޖިދު ސުންނަތުގެ ދެ ރަކައަތް ކުރުމެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތްކުރުމެވެ. ފަތިސް ނަމާދުކުރުމެވެ.

އެއަށްފަހު މިސްކިތުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ކީރިތި ޤްރްއާނުން މިންވަރެއް ކިޔަވައިލުމަށެވެ. ހެނދުނުގެ ޛިކުރުތައް ކިޔައިލުމަށެވެ. އެއަށްފަހު އިރުއެރުމުގެ ކުރިން މި ޛިކުރު 3 ފަހަރު ކިޔައިލާށެވެ. އެއިރުން ތިބާ މެންދުރާއި ހަމައަށް ﷲ ތަޢާލާއަށް ޛިކުރު ކުރި ފަދަ ކަމަށް ޙަދީޘުން އެނގެން އެބައޮތެވެ.

ދެން މަގުމަތީގައާއި ހޮޓާ، ކެފޭތަކުގައި ވަގުތު ހޭދަނުކޮށް ގެއަށް ގޮސް އަނބިދަރިންނާއި ޢާއިލާ ޢާއިއެކު ސައިބޮއި ހަދައިގެން ދިރިއުޅެން ކުރާ މަސައްކަތަށް އަވަހަށް ފަށައިގަންނާށެވެ!

ރަނގަޅަށް ވިސްނާށެވެ. މަސައްކަތް މިކުރަނީ ކީއްކުރަން ހެއްޔެވެ؟ ރަގަޅު ފެންވަރުގެ ގެދޮރު އެޅުމަށާއި ދުނިޔަވީ ބޭނުންތައް ފުއްދަން ނޫން ހެއްޔެވެ؟ މިދުނިޔޭގައި ތިބާ އަޅާ ފެންވަރު ރަނގަޅު ގެއިން މަރުވުމާއެކު ބޭރުކޮށްލެވޭނެއެވެ. އެދުވަހުން ވަންނާނެ ފެންވަރު ރަނގަޅު ގެ ވެގެންދާނީ ތިބާ އެގެއަކުން ނުނުކުންނާނެ ދާއިމީ ގެއަށެވެ. ވީމާ އެ ގެ ލިބޭނީ ފުރަތަމަ މިބުނި މަސައްކަތްތަކުން ދުވަސް ފަށައި އަދި އެގޮތުގައި ދުވަސް ނިންމުމުންނެވެ. އެގޮތުގައި ދުވަސް ހޭދަކުރާ މީހުންނަށެވެ.   

ފުރަތަމަ ބުނި ގޮތަށް ދުވަސް ފެށުމުން ތިބާއަށް އެ ދަތުރުކުރެވެނީ ނިޢްމަތްތަކުން ފުރިގެނަވާ ސުވަރުގެއާއި ދިމާއަށެވެ. ހިތްވަރުކޮށްފައި އިތުރު، ގަޑި ދެ ގަޑިއިރު ކުރިން ހޭލައި ތަހައްޖުދު ނަމާދު ކޮށްފިނަމަ އެދަތުރުކުރެވެނީ މާމަތީ ހަރުފަތަކަށެވެ. ސުވަރުގޭގެ މާމަތީ ދަރަޖައަކަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޖުމަ ބަލައިލަން ނަމަވެސް މި ބުނެދިން ގޮތަށް ދުވަސް ފަށައި އަމަލުތައް ކުރަންފަށައިބަލާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކުރިއެރުންތައް ލިބެން ފަށާނެއެވެ. ނަތީޖާ ފެންނަން ފަށާނެއެވެ. ނުފެނުނު ނަމަ އެކަން އަންގައިލަ ބަލާށެވެ. މިހައި ތަނަށް އިޚްލާޞްތެރިކަމާއިއެކު މިބުނި ގޮތަށް އަމަލުކުރި އެންމެންވެސް ބުނެފައިވަނީ ނަތީޖާ ރަނގަޅު ގޮތުގައި ފެނުނު ކަމަށެވެ. އެކަމުން އެނގެނީ މިދުނިޔޭގައިވެސް އެކަމުގެ ފައިދާ ފެންނަމުންދާ ކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން                                    

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް