އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ނުޙައްޤުން އެންމެ ރައްޔިތަކަށްވެސް އަނިޔާ ނުލިބޭކަން ކަށަވަރުކުރެވެންދެން މަސައްކަތް ކުރާނަން: އާދަމް ޢާޒިމް

ނުޙައްޤުން އެންމެ ރައްޔިތަކަށްވެސް އަނިޔާ ނުލިބޭކަން ކަށަވަރުކުރެވެންދެން މަސައްކަތް ކުރާނަން: އާދަމް ޢާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

ނުޙައްޤުން އެންމެ ރައްޔިތަކަށް ވެސް އަނިޔާ ނުލިބޭކަން ކަށަވަރުކުރެވެންދެން އިންޞާފު ހޯދަން ކުރަންޖެހޭ މަސައްކަތް ކުރެވެން ޖެހޭ ކަމަށާއި އެ މަސައްކަތް ހުއްޓަވައި ނުލައްވާނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

 

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުން މަސައްކަތްކުރައްވަމުން ގެންދަވާ އާދަމް ޢާޒިމް މިރޭ ވިދާޅުވީ ބޮޑު މީހާއަށް ބޮޑު އިންސާފު ލިބުމާއި އަވަހަށް އިންޞާފު ލިބުމަކީ އިންޞާފު ލިބުން ނޫން ކަމަށާއި އިންޞާފު ލިބުމަކީ އެންމެންނަށް ހަމަކަމާއިއެކު އެއް އުޞޫލަކުން އިންޞާފު ލިބެމުން ދިއުން ކަމަށެވެ.

 

ޢާޒިމް ވިދާޅުވީ އިންޞާފުން ބޭރުން ނުހައްޤު ގޮތުގައި އެންމެ މީހަކު ނަމަވެސް ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޖަލުގައި ބަންދުކުރެވުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި ރާއްޖޭގެ ޖަލެއްގައި އެންމެ މީހަކު ނަމަވެސް ނުޙައްޤުން ޖަލުގައި ބަންދުކޮށްފައިވާކަން އެނގިވަޑައިގެންފި ނަމަ އެމީހަކު މިނިވަންކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

 

ޢާޒިމް ވިދާޅުވީ ނާއިންޞާފުން އެންމެ މީހަކު ނަމަވެސް ޖަލަށް ލެވޭނަމަ އެކަން ދާނީ ޢާންމުވެ އެންމެންނަށްވެސް ފޯރަމުން ކަމަށެވެ. "ނިކަން ބައްލަވަ! ކާނަލް ނާޒިމް ނުޙައްޤުން ޖަލަށްލީ ފަހުން މިއަދާއި ހަމައަށް ކިތައް މީހުންތޯ ނުޙައްޤުން ޖަލަށް ލެވުނީ؟"

 

ޢާޒިމް ވިދާޅުވީ އިންޞާފު ހޯދުމުގެ މަސައްކަތަކީ ހުއްޓައިލެވޭނެ މަސައްކަތެއް ނޫން ކަމަށާއި ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން ހަމަ އެންމެ މީހަކަށް ނަމަވެސް ނުޙައްޤުން އަނިޔާ ލިބޭނަމަ ހަމަ ވަގުތުން ރައްޔިތުން ނުކުމެ އަޑު އުފުލައި އިންޞާފު ހޯދުމުގެ މަސައްކަތް ފަށަންޖެހޭނެ ކަމަށެވެ. ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް ގޮސް އިންޞާފު ލިބެންދެން އަޑުއުފުލުމުގައި ދެމިތިބެންޖެހޭނެ ކަމަށެވެ.

 

"އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އިންޞާފު ނުލިބުމުގެ މައްސަލަ މިހައި ބޮޑުވެގެން މިއައީ 2008 ވަނަ އަހަރު ލިބުނު ޑިމޮކްރަސީ އާއެކު އިންޞާފު ލިބުނީ ކަމަށް ބަލައި މަޑުކޮށްލެވުމުން. މިއަދު މިލިބުނު މިނިވަންކްމުގެ ތެރެއިން ރައްޔިތުންނާއި މުއައްސަސާތަކުންވެސް މަސައްކަތް ކުރަން ފަށަންވީ އިންޞާފަށް."

 

ޢާޒިމް ވަނީ ބޭބެ، ކާނަލް މުޙައްމަދު ނާޒިމް މިނިވަންކުރަން މަސައްކަތްކޮށްދެއްވި ހުރިބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ. "ބޭބެ ބަނދުކުރުމުން މެލޭސިޔާގައި ހުންނަވާފައި ވަގުތުން ވަޑައިގެން ޝައިޚް އިމްރާން ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައި. ޤާސިމް އިބްރާހީމް އާއި ރައީސް ނަޝީދު ވެސް ވަނީ ހަމަ ވަގުތުން މަސައްކަތް ކޮށްދެއްވަން ފަށްޓަވާފައި. މީޑިއާ ތަކުންނާ ރައްޔިތުންގެ ގިނަ ބައަކު ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދީފައި. ހުރިހާ ފަރާތްތަކަށް ޢާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ޢާޒިމް ވިދާޅުވިއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް