އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހުޅުމާލެ އިން މާލެ އަށް ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ!!

ހުޅުމާލެ އިން މާލެ އަށް ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ!!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ހުޅުމާލެ އިން މާލެ އަށް ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

 އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށްކޮށްފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށެވެ.

 އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެއިން ހުޅުމާލެ އަންނަ ފަޅިއަށް އަރައިގެން ދަނިކޮށް ސައިކަލު ކަހާލައިގެން ދިއުމުގެ ސަބަބުން ކަމަށް ފުލުހުން ބުނި އެވެ. 

މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ އެ ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން 17 އަހަރުގެ ކުއްޖަކަށެވެ.

އަނިޔާވި ދެ މީހުންގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާގެ ފައި ވަނީ ބިންދައިގެން ގޮސްފަ އެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ލިބިފަވެއެވެ. ފަހަތުގައި އިން 17 އަހަރުގެ ކުއްޖާގެފަޔަށާއި އިތުރު ތަންތަނަށް ވަނީ އަނިޔާ ލިބިފަވެއެވެ.

އަދި  23 އަހަރުގެ މީހާ މިހާރުވަނީ އިތުތު ފަރުވާއަށްއައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

 

 

 

 

އާރޓިކަލް ރޭޓްކުރައްވާ


44%
ވ.ރަނގަޅު
0%
ރަނގަޅު
22%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އައިޝަތު އަލީ